މަސައްކަތް
ނަންބަރު: MMS-A/2016/54
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 13 ނޮވެންބަރު 2016 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މާސްޓާއި އެލް ދަގަނޑު ފްރޭމް ހަދައިދީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ގެލްވަނައިޒްޑް ދަގަނޑު މާސްޓާއި ދަގަނޑު ފްރޭމްތަކެއް ހޯދުމާ ބެހޭ:

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަކެއް ހަރުކުރުމަށްޓަކައި ބޭނުންވާ 11 މާސްޓާއި 22 އެލް ދަގަނޑު ފްރޭމް ހަދައިދީ މި އޮފީހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 31 އޮކްޓޫބަރު 2016 ގައި ކުރެވުނު ނަންބަރު MMS-A/2016/52 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތެއްކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގަން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް http://www.meteorology.gov.mv/uploads/baseplate_tor.pdf މި ލިންކުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް، މީޓިއޮރޮލޮޖިކަލް އިންސްޓްރޫމަންޓް ޓެކްނީޝަން އަލީ ޝާހިދަށް (ފޯނު ނަންބަރު: 9761188) ގުޅުން އެދެމެވެ.

6 ޞަފަރު 1438 

06 ނޮވެންބަރު 2016