ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/239
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 24 ނޮވެންބަރު 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ

މަޤާމް :ޕްރޮޖެކްޓް ކޯޑިނޭޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ނަންބަރު (IUL)138-AS4/1/2016/171 (15 އޮގަސްޓު 2016) އިޢުލާނަށް އެކަށީގެންވާ ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރޮޖެކްޓް ކޯޑިނޭޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-231882

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ސިވިލް ކޮންޓްރެކްޓްސް ޔުނިޓް - އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/7035 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5. ޕްރޮޖެކްޓް މެނޭޖްމަންޓް / ކޮންސްޓްރަކްޝަން މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންޖިނިއަރިންގ / އާކިޓެކްޓް ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ހަވާލުކުރެވޭ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް މެނޭޖްކުރުން.

2. ހަވާލުކުރެވިފައިވާ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައި، ބިލުތައް ސަރޓިފައިކުރުން.

3. ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކޮށް ސަރުކާރު އެކި އިދާރާތަކަށް ފޮނުވަންޖެހޭ ޕްރޮޖެކްޓް މޮނިޓަރިންގ ފޯމުތައް އަޕްޑޭޓްކޮށް ފޮނުވުން.

4. ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ހިންގާ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި ތަޢުލީމު ހާސިލުކޮށްފައިވާ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް އިރުޝާދު ފޯރުކޮށްދިނުން.

5. ސަރުކާރުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ރާވައި ހިންގުމަށް މިނިސްޓްރީގެ ފަރާތުން ތައްޔާރުކުރަންޖެހޭ ޓެކްނިކަލް ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

6. މިނިސްޓްރީގެ ފަރާތުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތުގެ ކޮލިޓީ ކޮންޓްރޯލްކުރުމުގެގޮތުން މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާނެ ގޮތްތަކެއް ރޭވުމުގައި އެހީތެރިވެދިނުން.

7. ދަށުން މަސައްކަތްކުރާ މުއައްޒަފުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ޓާގެޓް ކަނޑައަޅައި، ފެންވަރު ބަލާ މުއްދަތުގެ ތެރޭގައި ފެންވަރު ބަލައި، ސުޕަވައިޒަރަށް ރިޕޯޓުކުރުން.

8. ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

9. ޔުނިޓާ ހަވާލުކުރެވޭ މަޝްރޫޢުތައް ކޮންޓްރެކްޓުގައިވާ ޓައިމްލައިނާ އެއްގޮތަށް ހިންގުން.

10. މަޝްރޫޢުތައް ހިނގަމުންދާއިރު ދޭންޖެހޭ ވޭރިއޭޝަން އެޕްރޫވަލްތައް ޑިޕާޓްމަންޓުގެ ކަމާބެހޭ އެހެން ޔުނިޓުތަކުގެ ލަފައާއެކު ދިނުން.

11. މަޝްރޫޢުގެ ޑިޒައިނަށް ބަދަލު ގެންނަންޖެހޭ ހާލަތުތަކުގައި، ސިވިލް ޑިޒައިން އެންޑް ކޮންސަލްޓެންސީ ސެކްޝަނުގެ އެހީގައި އެ ބަދަލުތައް ގެނައުން.

12. މަޝްރޫޢުތައް ކުރިއަށްގެންދިއުމަށްޓަކައި އެކި ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވައި، ބައްދަލުވުމުގައި ބައިވެެރިވުން.

13. ޕްރޮޖެކްޓުތަކުގެ ޕްރޮގްރެސް މޮނިޓަރކުރުމަށްޓަކައި އެޕްރައިޒަލް އެންޑް ވެލުއޭޝަން ޔުނިޓަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން.

14. މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމުން، އެ މަޝްރޫޢެއް ހަވާލުކުރަންޖެހޭ ފަރާތްތަކާ ރަސްމީކޮށް ހަވާލުކުރުން.

15. މަޝްރޫޢުގެ މަސައްކަތް ނިމިގެން ހިނގަމުންދާ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑުގައި ފާހަގަކުރެވޭ މައްސަލަތައް، މުއްދަތު ހަމަވުމުގެ ކުރިން ކޮންޓްރެކްޓަރުންނަށް އަންގައި ރަނގަޅުކުރުވުމާއި، ކޮންޓްރެކްޓަރަށް ރަނގަޅު ނުކުރެވޭ ހާލަތުގައި އެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

16. ކޮންސަލްޓަންޓުންނާ ހަވާލުކޮށްގެން ހިންގޭ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓާ އެއްގޮތަށްތޯ ބެލުން.

17. ބޭރުގެ ފަންޑިންގެ އެހީގައި ހިންގޭ މަޝްރޫޢުތައް، އެފަދަ އޭޖޭންސީތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކުރިއަށްގެންދޭތޯ ބެލުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު

4. ވިސްނުންތޫނުކަމާއި، ޕްރެޝަރުގައި މަސައްކަތްކުރުމުގެ ހުނަރު ހުރުން.

5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު - ޑިސެންބަރުމަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.housing.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ ލިޔުމެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް، ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

9 ޞަފަރު 1438

09 ނޮވެންބަރު 2016