މަސައްކަތް
ނަންބަރު: (IUL)151-TRS/1/2016/18
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 17 ނޮވެންބަރު 2016 12:00
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ވެބްސައިޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ވެބްސައިޓު ފަރުމާކުރުން:

މި އޮތޯރިޓީގެ ބޭނުމަށް މި އޮތޯރިޓީގެ ވެބްސައިޓު އަލުން ފަރުމާކުރުމަށް ބޭނުންވެގެން ކުރި ނަންބަރު: (IUL)151-CSS/1/2016/17 (17 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ އެކަމަށް އެދި "ބިޑަރ ރެޖިސްޓްރޭޝަން ފޯމު" ފުރިހަމަކުރުމަށްފަހު، 2016 ނޮވެންބަރު 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް، ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެ ކަމުގައި ދަންނަވަމެވެ. ބިޑަރ ރެޖިސްޓްރޭޝަން ފޯމާއި، މި މަސައްކަތާގުޅޭ ޓަރމްސް އޮފް ރިފަރެންސް މި އިދާރާގެ ވެބްސައިޓު http://www.energy.gov.mv ން ލިބޭނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 22 ވަނަ ދުވަހުގެ 12:00 ގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގައި މި މަސައްކަތަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި ބީލަންތައް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ލިބިގެންވެއެވެ. ފުރިހަމަކުރުމަށްފަހު ބީލަން ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ ގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ވެބްސައިޓު ފަރުމާކުރުމުގެ މަސައްކަތް
(IUL)151-TRS/1/2016/18
22 ނޮވެމްބަރ 2016، 12:00
ޕްރޮކިއުމަންޓް ޔުނިޓު،
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

10 ނޮވެންބަރު 2016