|
1. މިނިސްޓްރީގައި ޤާއިމްކުރެވެމުންދާ އެޗް.އާރު ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސިސްޓަމް އިމްޕްލިމެންޓޭޝަން މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
2. މިނިސްޓްރީގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުންގެ ޑޭޓާތައް އަޕްޑޭޓްކުރޭތޯ ޗެކްކުރުމާއި، އެ ޑޭޓާތައް ބެލެހެއްޓުން.
4. މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގައި، އެކަން ބެލެހެއްޓުން.
5. އިތުރުގަޑީގެ ހާޒިރީއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީއާއި އެލަވަންސްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ސަލާމާއި ދަތުރުތައް އަޕްޑޭޓްކޮށް، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ހިންގައި، އެކަންކަން ބެލެހެއްޓުން.
6. މިނިސްޓްރީގެ މުވައްޒަފުންގެ އުޖޫރައާއި ޢިނާޔަތްތައް ދިނުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
7. މިނިސްޓްރީގެ މުވައްޒަފުންގެ ޢިނާޔަތް ދިނުމުގެ ރެކޯޑް ބެލެހެއްޓުން.
8. މުވައްޒަފުންގެ ޗުއްޓީއާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
9. މިނިސްޓްރީގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ހާޒިރީއާ ގުޅިގެން ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލައި، އެ މައްސަލަތައް ޙައްލުކުރުން.
10. މުސާރައާއި އެލަވަންސާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލައި، އެ މައްސަލަތައް ޙައްލުކުރުން.
11. މިނިސްޓްރީގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ސެކްޝަން/ޔުނިޓްތައް ފާހަގަކުރުމުން، ސެކްޝަން ހެޑާއެކު މަޝްވަރާކޮށް، ޕަރމަނަންޓް ސެކްރެޓަރީއަށް ރިޕޯޓްކުރުން.
12. އަލަށް ބިދޭސީއަކު ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
13. ބިދޭސީ މުވައްޒަފުންގެ ވޯކްވިސާފީއާއި ކާޑު ހެދުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
14. ބިދޭސީ މުވައްޒަފުންނާ ގުޅޭ އިދާރީ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
15. ބިދޭސީ މުވައްޒަފުންގެ ޑޭޓާތައް އަޕްޑޭޓްކުރޭތޯ ޗެކްކުރުން.
16. ސެކްޝަނުގެ އެންޓްރީ ބެލެހެއްޓޭތޯ ޗެކްކުރުން.
17. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުވާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އޭގެ ރެކޯޑް ބެލެހެއްޓުން.
18. މުވައްޒަފަކު އޭނާގެ ވަޒީފާއާ ގުޅޭގޮތުން ލިޔުމަކަށްއެދި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ، އެ ލިޔުމެއް މުވައްޒަފަށް ދިނުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
19. މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓޭތޯ ޗެކްކުރުން.
20. މިނިސްޓްރީގެ ޓްރެއިނިންގާ ގުޅޭ ކަންތައްތައް ބެލެހެއްޓުން.
21. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތައް ކުރުން.
22. ހިއުމަން ރިސޯސް މެނޭޖްމެންޓް ސެކްޝަނުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
23. މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަނުގެ މަސައްކަތުގެ ދާއިރާއިން ސެކްޝަނުގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުން.
|