ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯރކް ޕްރޮޖެކްޓަށް ކޮންސަލްޓަންޓެއް ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުން:
މި އިދާރާގެ އިޢުލާން ނަންބަރު 164/1/2016/84(IUL) (31 އޮކްޓޫބަރު 2016) އާ ހަވާލާދީ ދަންނަވަމެވެ.
ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯރކް ޕްރޮޖެކްޓަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކޮށްފައިވާ އިޢުލާނުގެ މުއްދަތު 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހާ ހަމައަށް އިތުރުކޮށްފީމެވެ.
މަޤާމް: |
ކޮންސަލްޓެންޓް ފޮރ ނޭޝަނަލް ކޮމްޕިއުޓަރ ނެޓްވޯރކް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މަހަކު -/35،000 ރުފިޔާ |
މި މަޤާމާބެހޭ އިތުރު މަޢުލޫމާތު، މި އިދާރާގެ www.ncit.gov.mv ގެ ވެބްސައިޓުގައިވާ "ޓާމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރެވިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ތާރީޚު: މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން، 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected]) ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ، [email protected] އަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960)، ފެކްސް ނަންބަރު: 4004 334 (960)
އީމޭލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
10 ޞަފަރު 1438