ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހޯދުން:
މިރަށު ފުޓްބޯޅަދަނޑުގައި ޢިމާރާތްކޮށްފައިވާ ޗޭންޖިންގރޫމުގައި ކުރަންހުރި ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ސިމެންތިޖެހުން.
- ފެންވައިރުކުރުން.
- ތަޅުންއެޅުމާއި މުށިޖެހުން.
- ފާޚާނާ ކޮންޕްލީޓް މަސައްކަތް.
- ދޮރާއި ދޮރުފަތް ހަރުކުރުން.
- ޖަންގުޝަން ހެދުން.
- ކަރަންޓްވައިރުކުރުން.
- އެތެރާއި ބޭރުގައި ކުލަލުން.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަކޮށް، 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިފައިގެން މި އިދާރާއަށް ހާޒިރުވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ހާޒިރުވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާާތްތަކަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، ފޯމުގައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅާ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ، މި އިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
7 ޞަފަރު 1438