ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މ. ނާލާފުށީ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.
މަޤާމް: |
މަސައްކަތު |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ރޭންކް: SS1 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: |
މަހަކު -/3100 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
|
ޢިނާޔަތްތައް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެމަތިން، މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް. |
|
ޑިވިޜަން/ސެކްސަން: |
- |
|
މަޤާމް އޮތް ތަން: |
މ.ނާލާފުށީ ޞިއްޙީ މަރުކަޒު / މ. ނާލާފުށި |
|
މަސައްކަތްކުރަންޖެހޭ ތަން: |
މ. ނާލާފުށީ ޞިއްޙީ މަރުކަޒު / މ. ނާލާފުށި |
|
އަސާސީ ސަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން. |
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. ޞިއްޙީ މަރުކަޒުގެ އެތެރެ ސާފުކޮށް މޮޕުލުމާއި، ދޮރުފަތްތަކާއި ބިއްލޫރިތަކާއި، ފަންކާތަކާއި ސާފުކުރަންޖެހޭ އެނޫން ތަންތަނާއި ތަކެތި ފުހެ ސާފުކުރުން. 2. ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި މަރުކަޒުގެ ވަށައިގެންވާ ސަރަހައްދު ކުނިކަހައި، ކުނި އުކާލުމާއި ރައްކާތެރިގޮތެއްގައި ކުނި ނައްތައިލުން. 3. އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީއާއި، މެސެޖާއި، އެހެނިހެން ތަކެތި އެފަރާތްތަކާ ހަވާލުކުރުން. 4. ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައިވާ ރުށް ގަސް ބެލެހެއްޓުމާއި، ކޮށަންޖެހޭ ގަސްތައް ކޮށައި، ފެންދީ ބެލެހެއްޓުން. |
|
މިމަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާތަކަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވޯކްސޮޕާއި ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތަކުގެ ކޮޕީ. 5. މަސައްކަތު ތަޖުރިބާގެ ލިޔުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމްތަކާއި، މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެގޮތަށް، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ގޮތަކަށް ނަގާފައިވާ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
|
ސުންގަޑި: |
2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މ. ނާލާފުށީ ޞިއްޙީ މަރުކަޒުގެ އޮފީހަށް. |
|
އިންޓަވިއު އޮންނަ ތަނާއި ތާރީޚު: |
- މި މަޤާމަށް މީހަކު ހަމަޖެއްސުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިހިނގާ ނޮވެންބަރުމަހުގެ ތެރޭގައި، މ. ނާލާފުށީ ޞިއްޙީ މަރުކަޒުގައެވެ. - މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވާރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި، މި މަރުކަޒުގެ 6720010 ނަންބަރު ފޯނަށެވެ. |
6 ޞަފަރު 1438