މަސައްކަތް
ނަންބަރު: Q4MC-A/2016/06
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 17 ނޮވެންބަރު 2016 13:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދޮރާއި ދޮރުފަތްތައް އެލްމިނިއަމަށް ބަދަލުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިކޯޓުގެ އިމާރާތުގެ ބޭރަށްހުރި ދޮރާއި ދޮރުފަތްތައް އެލްމިނިއަމަށް ބަދަލުކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: Q4MC-A/2016/04 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، ދޮރާއި ދޮރުފަތުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުމާއެކު، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، ޤާނޫނު ނަންބަރު 18/2014ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވުން: 

  • މަޢުލޫމާތު ސާފުކުރުމަށް ކޯޓަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި:

    2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް

އަންދާސީހިސާބު ހުށަހެޅުން:

  • އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑި: 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 13:00
  • އަންދާސީހިސާބު ކެނޑުން: އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 23 ނޮވެންބަރު 2016 ވާ ބުދަދުވަހުގެ 13:00 ގައި ގދ.ގައްދޫ މެޖިސްޓްރޭޓްކޯޓުގެ މީޓިންގރޫމުގައި.
  • މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ނޮވެންބަރު 2016