މަސައްކަތް
ނަންބަރު: (IUL)30-G/1/2016/38
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 17 ނޮވެންބަރު 2016 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް

އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ހުޅުލޭގައި ޤާއިމުކުރާ އެކްއަޓިކް އެނިމަލް ކަރަންޓީނު ފެސިލިޓީގެ އާރކިޓެކްޗަރަލް ކުރެހުންތަކާއި ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް 2016 އޮކްޓޫބަރުމަހުގެ 13 ވަނަ ދުވަހު ކުރެވުނު (IUL)30-G/1/2016/33 އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކުގެ މުއްދަތާއި އަގުތައް އެކަށީގެންނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިން ރިސަރޗް ސެންޓަރު ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވޭނީ މިގަޑީގައި ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016