ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ގިންތި: |
ދާއިމީ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް: |
މުނިސިޕަލް ސަރވިސް ސެކްޝަން، މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ، ބ. ފުޅަދޫ |
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު -/4465 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. |
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. އޮފީހުގެ އެންޓްރީ ބެލެހެއްޓުން. 2. އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 3. ކައުންސިލްގެ ޖަލްސާތަކާއި އެހެނިހެން މުހިންމު ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 4. ރަށުތެރެ ސާފުތާހިރުކުރުމުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލުން. 5. ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން. 6. ރަށުގެ އާބާދީއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން. 7. ރަށުން ދޫކުރެވޭ ބިންބިމާއި، އެތަންތާނގެ ރަޖިސްޓްރީތަކާ ގުޅެގޮތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުން. 8. ރަށުގެ ފަޅާއި ފާލަމުގެ އެންމެހައި ކަންކަން ބެލެހެއްޓުން. 9. ރަށުގެ އިޖުތިމާޢީ ތާނގީތަކުން ދޫކުރެވޭ ބޯފެނާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން. 10. ރަށުގައި ކުނި މެނޭޖްކުރުމުގެ ކަންކަން ހިނގާ ނުހިނގާގޮތް ބެލުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
1. ތަޢުލީމާއި ތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. އިންޓަވިއު. 4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު. 5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު: |
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ބ ފުޅަދޫ ކައުންސިލް އިދާރާއަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. |
އިންޓަވިއު ކުރުން: |
- މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު މަހުގެ ތާރީޚެއްގައި، މި އިދާރާގައެވެ. - އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ [email protected] ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ރ) ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ، ރަސްމީގަޑީގައި މި އިދާރާގެ 6600057 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ، |
2 ޞަފަރު 2016