ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)-MAHC/23/2016/112
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 23 ނޮވެންބަރު 2016 08:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޭ ފާރމަސީ އެސިސްޓެންޓް ކޮމްޕިޓެންސީ އިމްތިޙާނާބެހޭ

 ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީގެ ނެޝަނަލް ސެޓުފިކެޓު 4 އިން ފާރމަސީ ކޯސް ފުރިހަމަ ކުރައްވާފައިވާ ފަރާތްތައް ފާރމަސީ އެސިސްޓެންޓުން ގޮތުގައި ރަޖިސްޓަރީ ކުރުމަށް ދެވޭ ކޮމްޕިޓެންސީ އިމްތިޙާނު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މިކައުންސިލާ ގުޅިގެން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ. ވީމާ، މި އިމްތިޙާނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް އެދި ސިޓީއަކުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިސިޓީއާއެކު ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ފާރމަސީ އެސިސްޓެންޓު ކޮމްޕިޓެންސީ އިމްތިޙާނުގެ، ދެވަނަބުރުގެ އިމްތިޙާނު އޮންނަނީ 23 ނޮވެންބަރު 2016 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. މި އިމްތިޙާނާ ގުޅޭ ގޮތުންނާއި، އިމްތިޙާނު ބާއްވަން ހަމަޖެހިފައިވާ ތާރީޚުތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު މި ކައުންސިލުގެ ނަންބަރު 3014480 އިން ލިބިވަޑައިގަންނަވާނެއެވެ.

07 ނޮވެންބަރު 2016