ދިވެހިރާއްޖެ
ވެބް އެނޭބަލް ޑާޓާ ކަލެކްޝަން މެނޭޖްމެންޓް ސިސްޓަމެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން، ފެނާއި ނަރުދަމާގެ ވެބް އެނޭބަލް ޑާޓާ ކަލެކްޝަން މެނޭޖްމެންޓް ސިސްޓަމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (IUL)438-PDU/1/2016/144 (11 އޮގަސްޓު 2016) އާ ގުޅިގެން ހުށަހެޅި ބީލަންތައް ފުރިހަމަ ނުވުމުގެ ސަބަބުން، އެ ބީލަންތައް ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުންނަށް "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް ބިޑަރސް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 2016 ނޮވެމްބަރ 17 އެވެ.
މި މަސައްކަތާ ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ނޮވެންބަރު 20 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް، ބޭރުގައި މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ