ނީލަން
ނަންބަރު: 113-CCD/I-2016/105
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 12 ނޮވެންބަރު 2016 16:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަމުގައި ވިއްކާލުން

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: (ތަފުސީލު އެޓޭޗް ލިސްޓުގައި)
  2. ނީލަން ކިޔުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގރޫމް-2 ގައި
  3. ނީލަން ކިޔަން ފެށުން: 12 ނޮވެންބަރު 2016 ވާ ހޮނިހިރުދުވަހުގެ 16:00 އިން ފެށިގެން.
  4. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 12 ނޮވެންބަރު 2016 ވާ ހޮނިހިރުދުވަހު 14:30 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓްގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ. ނަން ނޯޓް ކުރައްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  5. ނީލަން ކިޔާ މުދާ ބެލުން: 12 ނޮވެންބަރު 2016 ވާާ ހޮނިހިރުދުވަހުގެ ހެނދުނު 10:30 އިން 11:30 އަށް
  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މިކުންފުނިން ފޯރުކޮށްދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާން ވާނެއެވެ.
  • ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.   

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

-/500

ރ

އާ ހަމައަށް އަގުގެ

100%

-/1,000 – -/501

ރ

އާ ހަމައަށް އަގުގެ

25%

-/10,000 – -/1,001

ރ

އާ ހަމައަށް އަގުގެ

15%

-/10,001

ރ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މިކުންފުނިން ބާއްވާ އެހެން ނީލަމެއްގައި ބައިވެރިވެވޭނީ، ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީ އާބެހޭ ގަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާއާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑެއް ނުކުރެވޭނެއެވެ.
  • ނީލަމާބެހޭ މަޢުލޫމާތު މިކުންފުނީގެ ވެބްސައިޓް (www.port.com.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016