1. ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވައި ލެއްޕުމާއި، ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހިއްޖެނަމަ، ވެރިޔާގެ ހުއްދަޔާއެކު އޮފީސް ހުޅުވައި ލެއްޕުން.
2. މަސައްކަތު މީހުންނާއި، ޕިއޯނުންނާއި، ވޮޗަރުންގެ މަސައްކަތްކުރާގޮތް ބަލައި، އެމީހުން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ދެއްކުން.
3. ކިޔަވައިދިނުމަށް ބޭނުންކުރާ މެޝިނަރީތަކާއި ލައިބްރަރީގައިވާ ތަކެތި ފިޔަވައި އެހެނިހެން ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.
4. އޮފީހަށް ބޭނުންވާ ތަކެތި ސްޓޮކަށް އޯޑަރުކޮށް، ގަވާއިދާ އެއްގޮތަށް ސްޓޮކް ބެލެހެއްޓުން.
5. މަރުކަޒުން ބާއްވާ ޖަލްސާއާއި، ސެމިނާރު ފަދަ ކަންކަމުގައި ހަރަކާތްތެރިވުން.
6. މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި، ހާޒިރީ ރިޕޯޓްތައް ބެލެހެއްޓުމާއި، މުވައްޒަފުންނާބެހޭ ރިކޯޑްތައް ބެލެހެއްޓުން.
7. މަރުކަޒަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި، މަރުކަޒުން ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް، އެތަކެތި ފޮނުވުން.
8. ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް ކުރިއެރުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
9. ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑުދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
|