ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/357
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 18:40
ސުންގަޑި: 14 ނޮވެންބަރު 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 9,124/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,910/50 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަސައްކަތް ކުރަންޖެހޭ ތަން:

ކ. ވިލިނގިލި

ގްރޭޑް:

6

ސްޕައިން ޕޮއިންޓް:

32

މަޤާމުގެ ޝަރުޠު:

1. އެމް.ކިޔޫ.އޭ ލެވެލް 7/8ގެ ސެޓުފިކެޓަކަށްފަހު، 2 އަހަރުދުވަހުގެ ތަޖުރިބާ، މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،

2. އެމް.ކިޔޫ.އޭ ލެވެލް 5/6 ގެ ސެޓުފިކެޓަކަށްފަހު، 5 އަހަރުދުވަހުގެ ތަޖުރިބާ، މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމުގެ ކަންތައް ބަލަހައްޓައި، ޗެކްކޮށް، ފައިލްކުރުވުން.

2. އައި.އެސް.އޯ ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެންޓަރ ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

3. ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތި، ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކުރުވައި/ކުރުން.

4. ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި ހިމަނަންޖެހޭ އައިޓަމްތައް ކަނޑައަޅައި، ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

5. އިދާރީ މުވައްޒަފުންނާއި ލައިބްރަރީ މުވައްޒަފުންގެ މަސައްކަތް ސުވަޕައިޒްކޮށް ބެލެހެއްޓުން.

6. ސްޓޮކް ބާކީފޮތް 3 މަހުން އެއްފަހަރު ޗެކްކޮށް ބަލައި، ސްޓޮކް ބާކީކުރެވިފައިވަނީ ރަނގަޅަށްތޯ 6 މަހުން އެއްފަހަރު ބަލައި، ސްޓޮކް ގުނައި ޗެކްކުރުން.

7. ސެންޓަރުގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުމުގެ ކަންތައް އިންތިޒާމުކޮށް ޗެކްކޮށް، އިންވެންޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

8. ސެންޓަރުގެ ވެރިޔާ ނެތް ހިނދެއްގައި ޔުނިވަރސިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ސެންޓަރ ހިންގުން ހަވާލުކޮށްފިނަމަ، ސެންޓަރ ހިންގުމުގެ ޒިންމާ ހަވާލުކުރުން.

9. އަހަރީ ރިޕޯޓް ތައްޔާރުކޮށް، މުއްދަތަށް ޔުނިވަރސިޓީއަށް ހުށަހެޅުން.

10. ސެންޓަރުގެ ޓްރެއިނިންގ ހިންގުމަށާއި، އިދާރީ ހިންގުމުގެ ޚަރަދު ކޮންޓްރޯލްކުރުމަށް، ވެރިޔާގެ އިރުޝާދާއެކު މަސައްކަތްކުރުން.

11. މުވައްޒަފުންގެ ތެރޭގައި މަސައްކަތުގެ ރޫޙު އާލާކޮށް، އެންމެންގެ އެއްބާރުލުމާއެކު މަސައްކަތްކުރާނެ މާޙައުލެއް ޤާއިމްކުރުން.

12. ސެންޓަރުން ދެވޭ ޚިދުމަތްތައް ހަލުވިކުރުމަށާއި، ފެންވަރު ރަނގަޅުކުރުމަށް، އެންމެ އިސްވެރިޔާގެ އިރުޝާދާއެކު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.

13. މެނޭޖްމަންޓް ކޮމިޓީއާއި، އެކަޑަމިކް ރިވިއު ކޮމިޓީފަދަ ކޮމެޓީތަކުގައި ބައިވެރިވުމާއި، ސްޓާފް މީޓިންގތަކުގައި ބައިވެރިވުމާއި، އިސްވެރިޔާ ހާޒިރުނުވެވިއްޖެނަމަ، ޖަލްސާތައް ޗެއަރކުރުން.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު:

2016 ނޮވެންބަރު 14 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ. އަދި  ޔުނިވަރސިޓީގެ ތިރީގައިމިވާ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ލިންކް:http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: 

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް، އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް، ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް، ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

- މިމަ ޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016