މަސައްކަތް
ނަންބަރު: (IUL)348-EM/348/2016/79
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި:
10 ނޮވެންބަރު 2016 13:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެންސުގެ ބޭރުން ތިރި ފާރެއް ރޭނުމާބެހޭ
އިޢުލާން
ފެންސްގެ ބޭރުން ތިރި ފާރެއް ރޭނުމާއި ބެހޭ
އދ.އޮމަދޫ ބަށިކޯޓުގެ ފެންސުގެ ބޭރުން 30 އިންޗި އުސްމިނުގެ ފާރެއް އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.
ވީމާ، އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އދ. އޮމަދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެވާހަކަވެސް ދެންނެވީމެވެ.
6 ޞަފަރު 1438
06 ނޮވެންބަރު 2016