މަސައްކަތް
ނަންބަރު: (IUL) 268/2016/90
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 10 ނޮވެންބަރު 2016 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަކަރިކޮށީގައި ބަކަރި ގެންގުޅެ ބެލެހެއްޓުން

އިޢުލާން

އަންދާސީހިސާބު ހޯދުން

* ބަކަރިކޮށީގައި ބަކަރި ގެންގުޅެ ބެލެހެއްޓުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަުން ހިންގާ ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ޕްރޮގްރާމުގެ ދަށުން ހދ.ނޭކުރެންދޫގައި ޤާއިމުކޮށްފައިވާ ބަކަރިކޮށީގައި ކޮންޓްރެކްޓް އުސޫލުން (ފަސް އަހަރުދުވަހުގެ މުއްދަތަށް) ބަކަރި ގެންގުޅެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)268/2016/82 (19 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އަލުން އެ މަސައްކަތަށް އިޢުލާން ކުރަމެވެ.    

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އަންދާސީހިސާބު ހުށަހެއްވުޅުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6520042 އަށް ގުޅުއްވުން އެދެމެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

ޝެއަރ

70%

  • ޝެއަރއަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު ޝެއަރއަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ ޝެއަރއެއް މެދުގައި ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު ޝެއަރއަކަށެވެ.

(Submitted share /Benchmark share) x Allocated Percentage

ގްރާންޓް

20%

  • މަސައްކަތުގެ ގްރާންޓުގެ ގޮތުގައި ދެވޭ އަދަދަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ ގްރާންޓްތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުޑައަގަކީ އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ގްރާންޓް އަގެއްގެ މެދުގައި ލިބޭ % (އިންސައްތަ)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Grant price / Submitted grant price) x Allocated Percentage

ތަޖުރިބާ

10%

  • މަސައްކަތާ ގުޅޭ ދާއިރާގައި އެންމެ ގިނަދުވަހު މަސައްކަތްކޮށް އަދި ނިންމާފައިވާ ޕްރޮޖެކްޓްތަކަށް ދެވޭ މާކްސް
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން މަސައްކަތާގުޅޭ ދާއިރާގައި އެންމެ ދިގު މުއްދަތެއް ހޭދަކޮށް، އަދި އެންމެ ގިނަ ޕްރޮޖެކްޓްތައް ހިންގާފައިވާ ފަރާތްތަކަށެވެ.

(Submitted experience duration /Benchmark experience duration)  x Allocated Percentage

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016