މަސައްކަތް
ނަންބަރު: (IUL)327-C/327/2016/148
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 13 ނޮވެންބަރު 2016 13:30
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ފުޓްބޯޅަދަނޑުގެ ފެންސް ނުޖަހާ އޮތްބައިގައި ފެންސް ޖެހުން

އިޢުލާން

ނައިފަރު ފުޓްބޯޅަދަނޑުގެ ފެންސް ނުޖަހާ އޮތްބައިގައި ފެންސް ޖެހުން

(4 ވަނަ ފަރަށް ކުރެވޭ އިޢުލާން)

ނައިފަރު ފުޓްބޯޅަދަނޑުގެ ފެންސް ނުޖަހާ އޮތް ބައިގެ ފެންސް، އަމިއްލަ ތަކެތީގައި ޖެހުމުގެ މަސައްކަތްކުރުމަށް ތިންވަނަ ފަހަރަށް ހުޅުވައިލައި ކުރި އިޢުލާނާ ގުޅިގެން ލިބިފައިވާ ބިޑްތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ މަތިކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ބީލަމަށް ހުޅުވައިލަމެވެ. ވީމާ، ކޮންޓްރެކްޓް އުސޫލުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ޑޮކިޔުމެންޓްސް ނެންގެވުން އެދެމެވެ. ބިޑް ޑޮކިޔުމެންޓްސް ދޫކުރެވޭނީ ސޮފްޓްކޮޕީ ފޯމެޓްގައެވެ. ވީމާ، ޑޮކިޔުމެންޓްސް ބައްލަވައި އޮފީހަށް ދުރުވާއިރު ޔޫއެސްބީ ސްޓޯރޭޖް ޑިވައިސްއެއް ގެންނަވަންވާނެއެވެ. ބިޑް ޑޮކިޔުމެންޓްސް މެއިލުން ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7945002 މުޙައްމަދު ޙުސައިނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މި ކޮންޓްރެކްޓާމެދު ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިޔުމެންޓްސް ދޫކުރުން

06 ނޮވެންބަރު 2016 އިން ފެށިގެން ޕްރީބިޑް މީޓިންގއާ ހަމައަށް ނައިފަރު ކައުންސިލުގެ އިދާރާގައި

ޕްރީބިޑް މީޓިންގ

13 ނޮވެންބަރު 2016 (އާދީއްތަ) – 13:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

( ޕްރީބިޑް މީޓިންގަށް ދުރުވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނެވުން އެދެމެވެ. )

ބިޑް އޯޕަން މީޓިންގ

20 ނޮވެންބަރު 2016 (އާދީއްތަ) – 13:30 ގައި ނައިފަރު ކައުންސިލުގެ އިދާރާގައި

ޕްރީބިޑް މީޓިންގގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

06 ނޮވެންބަރު 2016