ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ ހެޑްއޮފީހުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
އިންޓާނަލް އޮޑިޓަރ |
މަޤާމް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް / ކ. މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
ދެފަރާތް އެއްބަސްވާ މުސާރައެއް |
މުސާރައާއި ޢިނާޔަތްތައް: |
- އެކައުންޓިންގ، ފައިނޭންސް، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. - މަދުވެގެން 6 އަހަރާއި 8 އަހަރާ ދެމެދުގެ މުއްދަތެއްގައި އިންޓާނަލް އޮޑިޓްކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން. - އޮޑިޓް ފާރމެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ފެންވަރު ނުވަތަ ޝަރުޠު: |
1. ކުންފުނީގައި ޤާއިމްކުރެވިފައިވާ އިންޓާރނަލް ކޮންޓްރޯލް ނިޒާމުގެ މަޤްޞަދުތައް ހާސިލުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ކުންފުނީގެ ހިންގުމާއި، މާލީ އަދި ކޮމްޕްލަޔަންސް އޮޑިޓް ވިލަރެސްކުރުމާއި ތަންފީޒުކުރުން. 2. ކުންފުނީގެ މަސައްކަތްތައް ހިނގަމުންދަނީ ކުންފުނި ހިންގުން ހަރުދަނާކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި، ކުންފުނީގެ މަސައްކަތުގެ ދާއިރާއާ ގުޅުންހުރި އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކުރުން. 3. އޮޑިޓްކުރެވޭ އެކިއެކި ދާއިރާތަކުގެ ކޮންޓްރޯލް ނިޒާމުގައި ހުރި އެންމެހައި ކަންތައްތައް ފާހަގަކޮށް، އިތުރަށް ހަރުދަނާކުރުމާއި، ފުރިހަމަކުރެވޭނޭ ގޮތްތައް ކުންފުނީގެ މެނޭޖްމަންޓަށް ލިޔުމުން ހުށަހެޅުން. 4. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ އޮޑިޓް ކޮމިޓީން އެދޭ ޚާއްޞަ ތަޙުޤީޤުތައް ކުރުން. 5. ކުންފުނި ހިންގުމުގައި ބޭނުންކުރާނޭ ހަރުދަނާ އުސޫލުތައް ކުންފުނީގެ އިސްވެރިންނާއި، އެކި ފަންތީގެ މުވައްޒަފުންނާއި ހިއްސާކުރުމާއި އަހުލުވެރިކުރުވުން. |
މައިގަނޑު މަސްއޫލިއްޔަތުތައް:
|
1. ކުންފުނީގެ ހިންގުން ކުރިއަށްދަނީ ކަނޑައަޅާފައިވާ ކޮންޓްރޯލް ނިޒާމާ އެއްގޮތަށްކަން ވަޒަންކުރުމާއި، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ޔަގީންކުރުމަށްޓަކައި އިންޓާނަލް އޮޑިޓް ވިލަރެސްކުރުމާއި ކުރިއަށް ގެންދިއުން. 2. އޮޑިޓްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، އޮޑިޓްކުރާ ދާއިރާއާއި ތާވަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން. 3. އޮޑިޓްކުރުމުގެ މަރުޙަލާތަކުގައި ބޭނުންކުރެވޭ ކަރުދާސްތަކާއި އޮޑިޓް ހެކީގެގޮތުގައި ބޭނުންކުރާނޭ އެންމެހައި ލިޔެކިޔުންތައް އެކަށީގެންވާ މިންވަރަކަށް ހޯދުން. 4. އެކަށީގެންވާ ހޯދުންތަކާއެކު އޮޑިޓް ރިޕޯޓް ތައްޔާރުކޮށް އޮޑިޓް ކޮމިޓީއަށް ނުވަތަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން. 5. އޮޑިޓްކުރުމުގެ ދާއިރާއާ ގުޅުންހުރި މަޢުލޫމާތު، ކުންފުނީގެ އެތެރެއިންނާއި ބޭރުުގެ މަސްދަރުތަަކުން ލިބިގަތުމާއި، އެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އޮޑިޓް ކުރިއަށްގެންދާނޭ ގޮތާއި މިސްރާބު ކަނޑައެޅުން. 6. އޮޑިޓްކުރުމާ ގުޅުންހުރި އެންމެހައި މަޢުލޫމާތުތައް (ޤާނޫނުތަކާއި، އޮޑިޓްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، ދާއިރާގެ މާހިރުން ލިޔެފައިވާ މަސައްކަތު ކަރުދާސްތަކާއި ރިޕޯޓްތައް) ދިރާސާކޮށް، އޯޑިޓުގެ އައު ގަވާއިދުތަކާއި، އޯޑިޓްކުރެވޭގޮތަށް އަންނަ ޒަމާނީ ބަދަލުތަކަށް އަހުލުވެރިވުން. 7. އޮޑިޓްކުރުމާ ގުޅޭގޮތުން ހެދޭ އައު ގަވާއިދުތަކުގެ ސަބަބުން އަންނާނޭ ބަދަލުތަކުގެ ތަފްޞީލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށާއި، ޑިޕާޓްމަންޓުތަކުގެ އިސްވެރިންނަށާއި، ކަމާގުޅުންހުރި އެންމެހައި މުވައްޒަފުންނާ ހިއްސާކުރުން. 8. އަހަރީ އޮޑިޓް ޕްލޭން އެކުލަވައިލައި އޯޑިޓްކޮމިޓީއަށް ހުށަހަޅައި، ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކުރުން. 9. ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުންނަށް އެހީތެރިވުމާއި، އެކްސްޓާނަލް އޮޑިޓުގެ ހޯދުންތަކާއި ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކާ ގުޅިގެން މެނޭޖުމަންޓުން ޖަވާބުދާރީވުމުގައި ހުށަހަޅައި މައިގަނޑު ނުކުތާތައް އެކުލަވައިލުން. 10. ކުންފުނީގެ ބްރާންޗްތަކާއި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ކުރިޔަށްގެންދަނީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ބަލައި ޔަގީންކުރުން. 11. ކޮންމެ މާލީ އަހަރެއް ނިމުމުގެ ކުރިން، ހުރިހާ ޑިޕާޓްމަންޓްތަކެއް އޯޑިޓްކުރުމާއި، ފާހަގަކުރެވޭ މައްސަލަތައް ދެނެގަނެ ޙައްލުކުރެވޭނޭ ގޮތްތަކާއި، އެޅުމަށް ފެންނަ ފިޔަވަޅުތައް، އޮޑިޓް ޕްލޭނުގައިވާ ތާވަލާ އެއްގޮތަށް އޮޑިޓް ކޮމިޓީއަށް ހުށަހެޅުން. 12. ޓެންޑަރާއި ބިޑް ހުޅުވުމުގައި އިންޓާނަލް އޯޑިޓަރުގެ ފަރާތުން ހާޒިރުވާނޭ ފަރާތެއް ޢައްޔަންކުރުން. 13. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ހެދިފައިވާ އިންޓާނަލް ކޮންޓްރޯލް ނިޒާމާއި، ގަވާއިދުތަކާއި އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ތަމްރީންތަކާއި މަސައްކަތު ބައްދަލުވުންތައް ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް ރާވައި ހިންގުން. 14. ކުންފުނީގެ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށާއި، ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކުރުމަށް ހެދިފައިވާ ކޮމިޓީތަކާއި، ޓާސްކްފޯސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. 15. ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އޯޑިޓްކުރުމުގައި މުވައްޒަފުންގެ އިސްނެގުން އިތުރުކުރުމަށް މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި އިރުޝާދު ދިނުން. |
ޚާއްޞަ މަސްއޫލިއްޔަތުތަކާއި ޒިންމާތައް:
|
ސުންގަޑި:
- ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިމިވާ އެޑްރެހަށް، އެޕްލިކޭޝަން ފޯމާއެކު، ސީ.ވީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި, އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކާއި، 3 މަސްދުވަސް ހަމަވެފައިނުވާ ޕޮލިސް ރިޕޯޓް ހުށަހެޅުން އެދެމެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީހުން (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 15:00 އަށް ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
އިންޓަވިއު:
އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:
މަޤާމަށް މުވައްޒަފަކު ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307
ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
އީމެއިލް: [email protected]
1 ޞަފަރު 1438