ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)218-CS/1/2016/9
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 16 ނޮވެންބަރު 2016 13:30
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / މާލެ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ފްރޭމްވަރކް ސަރވިސަސް އެންޑް އެޑްވޮކަސީ ސެކްޝަން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ/ މާލެ                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް ހަރުދަނާކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

2. އޮތޯރިޓީގެ ވެބްސައިޓްގައިވާ މަޢުލޫމާތުތަކަށް ގެންނަންޖެހޭ ބަދަލުތައް ބަރާބަރަށް ގެނެސް، އާންމުންނަށް އަބަދުވެސް ފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނެގޮތަށް ވެބްސައިޓް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުން.

3. އޮތޯރިޓީގެ މައިގަނޑު މަސައްކަތްކަމަށްވާ ކޯސް އެކްރެޑިޓްކުރުމާއި، މަރުކަޒުތައް އޮޑިޓްކުރުމާއި، ކޮލިފިކޭޝަން އެސެސްކުރުމާއި، ވެލިޑޭޓްކުރުމުގެ މަސައްކަތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތް ފަސޭހައިން ބޭނުންކުރެވޭގޮތަށް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުން.

4. އޮތޯރިޓީން ދެމުންގެންދާ މަސައްކަތްތައް ޒަމާނީކޮށް, ފަސޭހައިން އިންފޮމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތް ލިބޭނޭގޮތަށް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުން.

5. އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިން ޕޯޓަލެއްގެ އެހީތެރިކަމާއެކު، އާންމުންނަށް ފަސޭހައިން ލިބޭނެގޮތަށް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުން.  

6. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭގޮތުން އޮފީހުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން.

7. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ބަޖެޓް ބެލެހެއްޓުން.

8. އީގަވަރމަންޓާ ގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

9. ކުރިއަށް އޮތް އަހަރަށް ލަފާކުރާ އޮފީހުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

10. އެސެޓް ރަޖިސްޓަރީކޮށް ބެލެހެއްޓުން.

11. އޮފީހުގެ މުވައްޒަފުންނާއި އެހެން ފަރާތްތަކަށް ދޫކުރާ އޮފީހުގެ ތަކެތީގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، އެފަދަ ތަކެތި ކަނޑައެޅޭ ތާރީޚުގައި އަނބުރާ އޮފީހަށް ހޯދުން.

12. އޮފީސްތެރެ ތަރުތީބުކުރުމާއި، ސައިކޮޓަރިއާއި އޮފީސްތެރޭގެ އިންތިޒާމްތައް މަސައްކަތުމީހުން ލައްވައި ބެލެހެއްޓުން.

13. އޮފީހުގެ އިންވެންޓްރީ ބެލެހެއްޓުމާއެކު ރައިޓްއޯފްކުރަންޖެހޭ ތަކެތި ރައިޓްއޯފްކުރުން.

14. އޮފީހުގެ ފަރާތުން ބާއްވާ ފެއަރތަކާއި، އޮފީހުން ބައިވެރިވާ ފެއަރފަދަ ކަންކަމަށް ވާންޖެހޭ ތައްޔާރީތައްވުމާއި، ކުރަންޖެހޭ އިންތިޒާމްތައް ކުރުން.

15. ގަވަރނިންގ ބޯޑުގެ ޖަލްސާތަކަށް ތަން ތައްޔާރުކުރުމާއި، އޮފީހުގެ ފަރާތުން ބާއްވާ އެހެނިހެން ޖަލްސާތަކަށްވެސް ތަން ތައްޔާރުކުރުމުގެ ކަންކަންކުރުން.

16. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުން.

17. ބަޖެޓާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު:                                               

1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.                      

އިންޓަވިއުކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 17 ނޮވެންބަރު 2016 ގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.mqa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބަލައި ލެވެލްކޮށްފައިވާ (ވެލިޑޭޓްކޮށްފައިވާ) ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ވެލިޑޭޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގެ ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް ވެލިޑޭޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 16 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3341240 ނަންބަރު ފޯނަށް، ނުވަތަ 3344077 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

2 ޞަފަރު 1438

02 ނޮވެންބަރު 2016