ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)133-AS/1/2016/8
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 18:12
ސުންގަޑި: 13 ނޮވެންބަރު 2016 13:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:  އެސިސްޓެންޓް ޑޭޓާ ޕްރޮސަސިންގ އޮފިސަރ   

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %35 ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން / ކަސްޓަމަރ ސަރވިސް / ސަރވިސް ޑެލިވަރީ / މާލެ.

އަސާސީ ޝަރުޠު:

  1. އައި. ސީ. ޓީ ދާއިރާއަކުން ދިވެހިރާއްޖޭގޭ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލެގެ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރަށް ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ކަލެކްޓިންގ ޕޮއިންޓްތައް މެދުވެރިކޮށް ކާޑު ހެދުމަށް ހުށަހަޅާ މެއިލްތަކަށާއި ކައުންސިލް އިދާރާތަކުން ކާޑު ހެދުމަށް ފޮނުވާ މަޢުލޫމާތުތަކަށް އެޕްލިކޭޝަން ހެދުން.
  • ކާޑުތައް ޕްރިންޓްވުމުން ކަލެކްޓިންގ ޕޮއިންޓްތަކަށް ނުވަތަ ކައުންސިލް އިދާރާތަކަށް ފޮނުވަން ހަވާލުކުރުން، މާލެއިން ހަވާލުކުރަން އެދޭ ފަރާތްތަކުގެ ކާޑުތައް މާލެއިން ހަވާލުކުރުން.
  • ކާޑު ހެއްދުމަށް / އާކުރުމަށް ދައްކާ ފައިސާ ބަލައިގަތުން
  • މަޢުލޫމާތުތަކުގައި މައްސަލަ ހުރެގެން ކާޑު ނުހެދޭ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލް އިދާރާތަކަށް ނުވަތަ އެފަރާތާ ގުޅައިގެން ރަނގަޅުކޮށް ކާޑު ހަދައިދިނުން.
  • ކާޑު ހަވާލުކުރުމަށްފަހު އަނބުރާ ފޮނުވާ ޝީޓުތައް ފައިލުކޮށް ބެލެހެއްޓުން. ޝީޓާއެކު ހަވާލުނުކުރެވޭ ކާޑު ހުރިނަމަ، ޕްރިންޓިންގ ސެކްޝަނާ ހަވާލުކުރުން.
  • ފޮނުވަންޖެހޭ މެސެޖު، ސިޓީ ލިޔެ ފޮނުވުމާއި، ފައިލު ކުރަންޖެހޭ ލިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  •  ސެކްޝަނުގެ ޔައުމިއްޔާ ލިޔުން.
  • ޑިޕާޓްމަންޓަށް ހާޒިރުނުވެވޭވަރުގެ ބަލިމީހުންނާއި ނުކުޅެދޭ މީހުންނަށް ކަނޑައެޅިފައިވާ އުސޫލުން ކާޑު ހެދޭނޭގޮތް ފަހިކޮށްދިނުން.
  • ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން
  • ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން..

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- މަސައްކަތުގެ ތަޖުރިބާ

2- ދިވެހިބަހުން އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން،

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

4- ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވާ މިންވަރު

5- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުން

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚަކާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށާއި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބަލައި 15 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މަޢުލޫމާތު ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގެ ކައުންޓަރުންނާއި ވެބްސައިޓް www.dnr.gov.mv އިން ލިބެން ހުންނާނެއެވެ.) އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

   (ހ) މޯޑްޑިވްސް ކޮލިފިކޭޝަން އޮތޯރެޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ 

   (ނ) ސިވިލް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

  • ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކަށް ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި ސަރުކާރު އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނޫންނަމަ މުވައްޒަފުންގެ އަދަދު ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323815 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި:

13 ނޮވެންބަރު 2016 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ހ. ވެލާނާގޭގެ ހަތަރުވަނަ ފަންގިފިލާ)

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016