ވަޒީފާގެ ފުރުޞަތު
ނަންބަރު: N-10HC/THC /IULAAN/2016/04
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 17 ނޮވެންބަރު 2016 12:00
ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަސައްކަތް ކުރަންޖެހޭ ތަން:

ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޞިއްޙީ މަރުކަޒުގެ އިމާރާތުގެ ދޮރާއި ދޮރުފަތާއި ބިއްލޫރިތައް ދޮވެސާފުކުރުމާއި، އިމާރާތުގެ އެތެރެއާއި ބޭރުގައިވާ ތަންތަން ފޮޅައި ސާފުކޮށް ބެލެހެއްޓުން. 

2. މަރުކަޒުގެ ގޯތިތެރޭގައި ހައްދާފައި ހުންނަ ކާބޯތަކެތި އަޅާފައި ހުންނަ ގަސްގަހާއި، ބަގީޗާގެ ގަސްތައް ކޮށައި ފެންދީ ބެލެހެއްޓުން.

3. ސަރުކާރުގެ އޮފީސްތަކާއި އެހެނިހެން ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި، ޞިއްޙީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ހަވާލުކުރުން.

4. މަސައްކަތްކުރުމަށް ބޭނުންކުރެވޭ ތަކެތި ބޭނުންކޮށް ނިންމުމަށްފަހު ދޮވެސާފުކޮށް ބެލެހެއްޓުން.

5. މަރުކަޒުގައިވާ ވާރޑްތަކާއި، ފާޚާނާތަކާއި، ޑްރެސިންގ ރޫމާއި، ލޭބަރރޫމް ފަދަ ތަންތަނާއި، އެތަންތަން ހިމެނޭ ސަރަހައްދު ފޮޅައި ސާފުކޮށް ބެލެހެއްޓުން.

6. މީގެ އިތުރުން، ޞިއްޙީ މަރުކަޒުން ހިންގާ ޚާއްޞަ މަސައްކަތްތަކުގައި ހަވާލުކުރެވޭ ޞިއްޙީ މަރުކަޒުގެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. ލިބިފައިވާ މަސައްކަތު ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 ނޮވެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މަރުކަޒަށް (ހުށަހަޅާ ތަކެތި ބަލައިގަތުން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް މި މަރުކަޒުގެ އޮފީސްބައިން ކުރިއަށްދާނެއެވެ.)

ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވާކަމުގައިވަނީނަމަ، އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާ އެކަންޏެވެ.

އިންޓަވިއު އޮންނާނޭ ތަނަކާއި ތާރީޚު:

2016 ނޮވެންބަރުމަހު، ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގައެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6780503 ނަންބަރު ފޯނަށް، ނުވަތަ 7615606 ނަންބަރު ފޯނަށެވެ.

7 ޞަފަރު 1438

07 ނޮވެންބަރު 2016