ވަޒީފާގެ ފުރުޞަތު
ނަންބަރު: 146-A1/2016/226
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 20 ނޮވެންބަރު 2016 14:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ކިޔަވައިދިނުމުގެ ފުރުޞަތު

އިއުލާން

ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ކިޔަވައި ދިނުމުގެ ފުރުޞަތު:

މި ކޯޓުން ހިންގާ ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ތިރީގައި މިވާ ދާއިރާތަކުން މައުލޫމާތު ދެއްވާނެ ލެކްޗަރަރއިން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން ތަޢުލީމާއި ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތަކާއެކު 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 14:30ގެ ކުރިން އެ ބޭފުޅަކު ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ޝަރުޠު: މަޢުލޫމާތު ދެއްވާ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.

އުޖޫރަ: މަޢުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާގެ ރޭޓުން ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1- އިސްލާމް ދީނުގެ ހިދާޔަތުގެ އަލީގައި ޢާއިލާއެއް ބިނާކުރުން: އިސްލާމްދީނުގައި ދެމަފިރިންނަށް ދެވިފައިވާ މަޤާމާއި އެމީހުންގެ ދައުރު ހާމަކޮށްދީ، ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ޢާއިލީ ދިރިއުޅުން ބިނާކުރާނެގޮތް.

2- އިޖުތިމާޢީބައި: އަލަތު ކާވެންޏެއްކުރަން ބޭނުންވާނެ އިޖުތިމާޢީ ކަންތައްތަކާއި، އިޖުތިމާޢީގޮތުން ދިމާވާ ކަންކަން ހައްލުކުރާނެގޮތް.

3- ޞިއްޙީބައި: ޞިއްޙީގޮތުން ދެމަފިރިންނަށް އެނގެންޖެހޭ ކަންކަމާ ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް.

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016