ވަޒީފާގެ ފުރުޞަތު
ނަންބަރު: GS53/IUL /2016/30
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:24
ސުންގަޑި: 14 ނޮވެންބަރު 2016 14:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

މި ސްކޫލަށް އެޑްމިނިސްޓްރޭޓަރެއް ހޯދުމަށް ކުރެވުނު ނަންބަރު:GS53/IUL/2016/27 އިޢުލާން ބާޠިލުކޮށް، އަލުން މި މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 1

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ދާއިރާތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން /ސްކޫލް މެނޭޖްމެންޓް /ހިއުމަން ރިސޯސްމެނޭޖްމެންޓް

މުސާރަ: މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ޖަލާލުއްދީން ސްކޫލް / ހ.ދ ކުޅުދުއްފުށި

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ؛

5- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހުރިހައި ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއި، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

- ސްކޫލުގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް، ޕްރިންސިޕަލްގެ ލަފާގެ މަތިން ކުރުން.

-  އޮފީސް ހުޅުވުމާއި ލެއްޕުމުގެ ޒިންމާ އަދާކުރުން.

- ސްކޫލުގެ މުވައްޒަފުންނާއި، މުދައްރިސުންގެ މުސާރައާއި، އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން، ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

- ސްކޫލުގެ އިދާރީ ކަންކަމާގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއްކުރުން.

- ސްކޫލަށް ހޯދޭ މުދަލާއި ތަކެއްޗާއި، އިންވެންޓްރީއާއި، ސްޓޮކްގެ އެންމެހައި ކަންތައްތައް ހިނގާނުހިނގާގޮތް ބެލުން.

- ސްކޫލުގެ އެންމެހައި ޢިމާރާތްތައް ރައްކާތެރިކަމާއެކު ތަޅުލައި ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަނާއި، ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް، އިސްވެރިޔާގެ މަޝްވަރާގެމަތިން ބެލެހެއްޓުން.

- ބިދޭސީ ޓީޗަރުންގެ އެކަޑަމިކް އަހަރު ނިމިގެން ޤައުމަށް ދިއުމާއި، އެނބުރި އައުމުގެ އެންމެހައި އިންތިޒާމުތަކާއި، އަހަރުގެ ތެރޭގައި އަލަށް އަންނަ ބިދޭސީ ޓީޗަރުންނާއި، ވަޒީފާ ދޫކޮށްދާ ނުވަތަ ޓްރާންސްފަރ ވާ ޓީޗަރުންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުމަށް ހަވާލުވެތިބޭ މުވައްޒަފުން އެކަންކަން ކުރަމުންގެންދާގޮތް ގަވާއިދުން ބެލެހެއްޓުން.

- ސްކޫލުގެ ހުރިހާ މުވައްޒަފުންގެ އެޕްރައިޒަލާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ފޯމުތައް، މުވައްޒަފުންނާ ހަވާލުވެތިބޭ ސުޕަވައިޒަރުން ފުރިހަމަކުރޭތޯ ބެލުމާއި، އެޕްރައިޒަލާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް ފޮނުވަންޖެހޭ ތާރީޚުތަކަށް ފޮނުވުން

- ސްކޫލްގެ ހުރިހާ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެތިބޭ މުވައްޒަފުން މަސައްކަތްތައް ބެލުމާއި، މަސައްކަތްކުރާގޮތް ޗެކްކޮށް، ޕްރިންސިޕަލަށް ރިޕޯޓްކުރުން.

- ސްކޫލަށް ބޭނުންވާ އިތުރު މަޤާމުތަކަށް ހުއްދަ ހޯދުމާއި، ސްކޫލުން ވަކިވާ މުވައްޒަފުންނާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ޕްރިންސިޕަލާ މަޝްވަރާކުރުމަށްފަހު، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާއި، މުވައްޒަފުންގެ ވަޒީފާތަކާ ގުޅޭގޮތުން ފޮނުވަންޖެހޭ އެންމެހައި ލިޔެކިޔުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، އެތަކެތި ލިބުނުތޯ ކަށަވަރުކުރުން.

- ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާގޮތް ބެލުމާއި، ދުވަހުން ދުވަހަށް މޮނީޓަރކޮށް ބެލެހެއްޓުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކުގެތެރޭގައި ހިމެނޭ ކަންކަމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެދަށުން ކުރަންޖެހޭ ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

އިންޓަވިއުކުރުން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ 2016 ނޮވެންބަރު 16 ވަނަ ދުވަހު މި ސްކޫލުގައެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭތަކެތި:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އިދާރާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3-  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

ހ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކުރިޕްޓުގެ ކޮޕީ)

ށ- ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

ނ- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

5- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެގޮތް:  

މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، މަތީގައިއެވާ ލިޔުންތައް، 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރުމަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6528815 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

30 މުޙައްރަމް 1438

31 އޮކްޓޫބަރު 2016