ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)242/242/2016/50
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 13 ނޮވެންބަރު 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރ ހޯދުމާ ބެހޭ

އިޢުލާން

ޒޯން ބީގެ އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުމާބެހޭ

މި އިދާރާއިން ދޫކުރާ އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ސިޓީ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

އެގްޒަމިނަރުން ބޭނުންވާ އަދަދު: 4

އެގްޒަމިނަރުން ބޭނުންވާ މުއްދަތު: 2 އަހަރުދުވަސް

ޝަރުޠު

- ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައިނުވުން (3 މަސްދުވަސް ނުވާ ޕޮލިސްރިޕޯޓު)

- ދޫކުރި ތާރީޚުން ފެށިގެން 5 އަހަރުދުވަސް ވެފައިވާ، އެއްގަމުގައިދުއްވާ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން (ލައިސަންސްގެ އަސްލާއި ކޮޕީ)

- ދޫކުރި ތާރީޚުން ފެށިގެން 3 އަހަރުދުވަސްވެފައިވާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން (ލައިސަންސްގެ އަސްލާއި ކޮޕީ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

01 ނޮވެންބަރު 2016