ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގައި ހުސްވެފައިވާ ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމު: މަސައްކަތު
ރޭންކު : އެސް.އެސް.1
ބޭނުންވާ އަދަދު: 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 1
މަޤާމުގެ ނަންބަރު: 188-OD/22/2016/9
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ދ.އަތޮޅު މަދަރުސާ
އިތުރުގަޑި
އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އަސާސީ ޝަރުޠު:
1 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް
މައިގަނޑު މަސައްކަތްތައް:
1- ކުނިކަހަންޖެހޭ ހުރިހާ ސަރަހައްދެއް ކުނިކެހުމާއި، ސާފުކުރަންޖެހޭ ހުރިހާ ތަނެއްް (ކްލާސްރޫމް، ފާޚާނާ، އޮފީސް، ސްޓާފްރޫމް ފަދަ ތަންތަން) ސާފުކުރުން.
2- ބާއްވާ އެކިއެކި ބަންދަލުވުންތަކަށާއި ޙަފުލާތަކަށް އަދި ޖަލްސާތަކަށް ކިޔަންޖެހޭ ފަރާތްތަކަށް ކިޔުމާއި، ކްލާސްރޫމް ނުވަތަ ހޯލް ތައްޔާރުކުރުން.
3- ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ގެންދަންޖެހޭ ތަކެތި ގެންގޮސްދިނުމާއި، ރަށުގެ ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަނެގެން ގެނެސްދިނުން.
4- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ގެންގޮސް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
5- ބޯފެން ލުމަށް ހަމަޖެހިފައިވާ ހުރިހާ ރޫމަކަށް ބޯފެން ލުން.
6- ފެންތާނގީތަކާއި ދިޔަދޮވިތައް ސާފުކުރުމާއި، ފުރާޅުތައް ސާފުކޮށް، ވާރޭވެހޭ ދުވަސްވަރު ފެންތާނގީއަށް ފެން އަޅައި ރައްކާކުރުން.
7- ގަސްތައް ކޮށައި ކުނި އުކައިލުމާއި، ބަގީޗާގަސްތަކަށް ފެންދިނުން.
8- އަދާކުރާ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރަށް ނުވަތަ ވަގުތީގޮތުން ކަމެއްް ހަވާލުކޮށްފިނަމަ އެކަމެއް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި ތާރީޚާއި ގަޑި:
ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 2 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު އެންގޭނެއެވެ.
ސުންގަޑި:
2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 10:00 ގެ ކުރިން ދ.އަތޮޅު މަދަރުސާއަށް ނުވަތަ [email protected] އީމެއިލަށް މެއިލްކޮށްދެއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ސިވިލްސަރވިސް ވަޒީފާއަށް އެދޭ ފޯމު
2- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރައަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
5- ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.
އިތުރު މަޢުލޫމާތު:
ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން 13:00 އަށް މިމަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސަރވިސްގެ ވެބްސައިޓުންވެސްް ލިބެން ހުންނާނެއެވެ.
ނޯޓް: މި އިޢުލާނާ ގުޅިގެން އިތުރު މަަޢުލޫމާތު ސާފުކުރެއްވުމަށް 7952915 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.
1 ޞަފަރު 1438