ކުއްޔަށް ހިފުން
ނަންބަރު: GS145/IUL/2016 /27
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 14 ނޮވެންބަރު 2016 11:00
ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

އިޢުލާން

މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ:

މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް 2017 ޖަނަވަރީން 2017 ޑިސެންބަރުގެ ނިޔަލަށް 1 (އެކެއް) އަހަރުދުވަހަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ކުއްޔަށް ދޫކުރާ ގެއަކީ، ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗް ފާޚާނާ) އާއި، ސިޓިންގރޫމަކާއި، ކައްކައި ކައިބޮއި ހެދޭނެ ތަނެއް ކަމުގައިވުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށިޖަހައި ސީލިންގކޮށްފައިވުން.
  • ކައްކައި ކައިބޮއި ހަދާތަން ފެންވައިރުކޮށް، ސިންކު ހަރުކޮށް، ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒު ހުރުން.
  • ޞިއްޙީގޮތުން ބޯން އެކަށޭނަ ރަނގަޅު ސާފު ބޯފެން (ވާރޭފެން) ގޭތެރެއިން ލިބޭނެގޮތް ހުރުން.

ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމަޔަށް ހުރުން. (މި ލިސްޓު ސްކޫލުން ލިބޭނެއެވެ.)

ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ގެ ކުއްޔަށް ދިނުމަށް ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. ގެއާއި ގޯތިތެރެ ސާފުކޮށް، ގޭގައި ތިބޭ ފަރާތްތަކަށް ކައްކައި ކާންދޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ ގޮތަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚު

ސިޓީ ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚު

2016 ނޮވެންބަރު 14 ވާ ހޯމަދުވަސް

ގަޑި 11:00

2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަސް

ގަޑި 11:00

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ރަސްމީގަޑީގައި 6640574 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

06 ނޮވެންބަރު 2016