ކުއްޔަށް ދިނުން
ނަންބަރު: (IUL)257/257/2016/81
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 16 ނޮވެންބަރު 2016 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކްތަބުލް އަޙަދިއްޔާ ކުއްޔަށް ދޫކުރުން

އިޢުލާން

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ހއ. ބާރަށު ''މަކްތަބުލް އަޙަދިއްޔާ'' ، ކޮމިއުނިޓީ ގެސްޓްހައުސް، ހޮޓާ ކެފޭ ނުވަތަ ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް 15 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާނީ މި އިދާރާއިން ވިއްކާ ބިޑްފޮތުގައެވެ. ބިޑްފޮތް 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުން ފެށިގެން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ ނިޔަލަށް، ބަންދުދުވަސްތައް ފިޔަވައި ރަސްމީދުވަސްތަކުގައި ހެނދުނު 9:00 އިން 13:00 އަށް މި އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ހުށަހެޅުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރިބިޑް މީޓިންގ 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:00 ގައި މިި އިދާރާގައި އޮންނާނެއެވެ. ޕްރިބިޑް މީޓިންގގައި ބައިވެރިވެވޭނީ ބިޑްފޮތް ގަނެފައިވާ ފަރާތްތަކަށެވެ. ބިޑްފޮތެއް ވިއްކާ އަގަކީ -/100 ރުފިޔާއެވެ.

ބިޑް ހުށަހަޅާނީ 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕްރިބިޑް މީޓިންގއަށް ހާޒިރުވާންވާނީ ބިޑްފޮތުގެ އަސްލު ހިފައިގެންނެވެ. ކޮންމެ ބޭފުޅަކަށްވެސް ބައިވެރިކުރެވޭނީ 1 ބިޑްފޮތެވެ. އެގޮތުން ޕްރިބިޑް މީޓިންގގައި ބައިވެރިވުމަށާއި، ބިޑް ހުށަހެޅުމަށް ބިޑް ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 މުޙައްރަމް 1438

27 އޮކްޓޫބަރު 2016