ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS01/2016/67
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 10 ނޮވެންބަރު 2016 11:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެލްކޭޖީއާއި ޔޫކޭޖީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ފައުންޑޭޝަން ލެވެލް (އެލްކޭޖީ، ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ތާރީޚުގައި ބ.އަތޮޅު ތަޢުލީމީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި ސްކޫލުގެ މީޓިންގރޫމުގައެވެ. ކުންފުންޏެއް ބަދަލުގައި ނުވަތަ މީހެއްގެ ބަދަލުގައި ހާޒިރުވާނަމަ، އެފަރާތަކުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.

މައުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި

2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހަޅާއިރު ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކީ އެފަރާތަކުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަސައްކަތު އަގު %90

މުއްދަތު   % 10

01 ނޮވެންބަރު 2016