މަސައްކަތް
ނަންބަރު: (IUL)22-PU/1/2016/252
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 09 ނޮވެންބަރު 2016 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އޭލެވެލް ޓޮޕްޓެން ޖަލްސާ

އޭލެވެލް ޓޮޕްޓެން ޖަލްސާ ބޭއްވުމަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ހޯލް ތައްޔާރުކުރުން، ޑިޒައިން ކުރުމާއި ޕްރިންޓް ކުރުމާއި ފޮޓޯ ނެގުން
  • ސައިފޮދު ތައްޔާރުކުރުން

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 8 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 9 ވަނަ ދުވަހުގެ 14:00 އަށް

2016 ނޮވެންބަރު 14 ވަނަ ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

06 ނޮވެންބަރު 2016