މަސައްކަތް
ނަންބަރު: GS47/2016/111
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި:
10 ނޮވެންބަރު 2016 11:00
މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މި ސްކޫލުގެ ނަންބަރު GS47/2016/105 (18 އޮކްޓޫބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މި ސްކޫލުގެ ތިރީގައިމިވާ މަސައްކަތްތައް ކުރަން ބޭނުންވެއްޖެއެވެ.
މަސައްކަތުގެ ތަފުސީލު
- ސްކޫލް އޮފީހުގެ ޕާޓިޝަންތައް މަރާމާތުކުރުން.
- ސްކޫލް އޮފީހުގެ ފައިލިންގ ހަރު މަރާމާތުކުރުން.
- މައި އިމާރާތުގެ އެލްޓީރޫމުގެ ސީލިންގ ފިލާ ބަދަލުކުރުން.
- މައި އިމާރާތުގެ އޮފީހުން މައި އިމާރާތުގެ އެލްޓީރޫމަށް ކަރަންޓް ވިއުގަ އަޅައި މަރާމާތުކުރުން.
- 50 ޑެސްކާއި 8 ޓީޗަރުންގެ މޭޒު މަރާމާތުކުރުން.
- މައި އިމާރާތުގެ ސްޓާފްރޫމް ފާޚާނާ މަރާމާތުކުރުން.
- މައި އިމާރާތުގެ އެލްޓީރޫމުގައި ފާޚާނާއެއް ހެދުން.
- ބޯފެންހަންތައް ދަގަނޑު އަށިތަކެއް ހަދައި އަށިގަނޑުމައްޗަށް ބަދަލުކުރުން.
- މައި އިމާރާތުގެ އިރުމަތީ ފާރު ތެދުކޮށް މަރާމާތުކުރުން.
- މައި އިމާރާތުގެ ގޯތިތެރޭގައި ފެން ހެދޭ ސަރަޙައްދުގައި ގާ އެތުރުން.
- އާ އިމާރާތުގެ ސްޓާފްރޫމާއި ހަތަރުބުރި އިމާރާތުގެ ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން.
- މައި އިމާރާތުގެ ދަރިވަރުންގެ ފާޚާނާތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
- އާ އިމާރާތުގެ ކްލާސްރޫމްތަކުގެ ބޮޑުދޮރުތަކުގެ ދޮރުފަތްތައް މަރާމާތުކުރުން.
- ބޮޑު ގުދަނުގެ ފުރާޅުން ފޫގޮސްފައިވާ ޓިނުތައް ބަދަލުކުރުން.
- ފެންވަޅުގެ މަތި ކޮންކްރީޓް ކުރުން.
- ގާޑިޔާ ލާ ޝެޑެއް ހެދުން.
ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ސްކޫލުގެ އޮފީހަށް ހަޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 15 އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
1 ޞަފަރު 1438
01 ނޮވެންބަރު 2016