ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
| 
 މަޤާމް:  | 
 ރެޖިސްޓަރޑް ނާރސް  | 
|
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
|
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސިނިއަރ އޮފިސަރ ގްރޭޑް 1  | 
|
| 
 މަޤާމުގެ ރޭންކް:  | 
 MS 1  | 
|
| 
 މުސާރަ:  | 
 މަހަކު -/5610 ރުފިޔާ  | 
|
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/2000 ރުފިޔާ  | 
|
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ  | 
|
| 
 ސެކްޝަން:  | 
 ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްސް އިމްޕްލިމެންޓޭޝަން (މެޑިކަލް އެސިސްޓެންސް ޕްރޮގްރާމްސް)  | 
|
| 
 މަޤާމުގެ ޝަރުޠު:  | 
 ނަރސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ސަނަދެއް ހާސިލުކޮށްފައިވުން.  | 
|
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 - އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން މި އެޖެންސީން ދެމުންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޢިނާޔަތާއި، މެޑިކަލް ވެލްފެއަރ އެސިސްޓެންސް ޕްރޮގްރާމްގެ ދަށުން ދެވޭ އެހީތަކުގައި ޞިއްޙީގޮތުން ބޭނުންވާ ލަފާދިނުމާއި، އެ އެހީތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް އިރުޝާދުގެ ދަށުން ޖަވާބުދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. - ރާއްޖެއިން ލިބެން ނުހުންނަ ބޭސްތަކުގެ ތެރެއިން މި އެޖެންސީން ރައްޔިތުންނަށް ހޯދައިދޭ ބޭސްތައް ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ބޭސްތައް، ވެރިންގެ އިރުޝާދުގެ ދަށުން ހޯދައިދިނުމުގެ މަސައްކަތް ކުރުން. - އެގްޒެކްޓިވް ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މެޑިކަލް ވެލްފެއަރ އެސިސްޓެންސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުށަހަޅާ ފޯމުތަކާ ގުޅިގެން ޞިއްޙީގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުން. - ހުސްނުވާ އާސަންދައިގެ ސްކީމްގެ ދަށުން ކުރިއަށްގެންދާ ސުޕަރ ސްޕެޝަލިސްޓް ޕްރޮގްރާމްގެ ދަށުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ހޯދައި އާސަންދައަށް ފޮނުވުމުގެ މަސައްކަތް ކުރުން. - ހުސްނުވާ އާސަންދައިގެ ސްކީމްގެ ދަށުން ދޫކުރާ ބޭސްތަކާ ބެހޭގޮތުން މި އެޖެންސީން ކުރަންޖެހޭ މަސައްކަތްތައް ކުރުން. - އާސަންދައިގެ ދަށުން ދެވޭ ޚިދުމަތްތަކުގެ ފެންވަރުބެލުމާއި، ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބޭނުންވާ ޞިއްޙީ ދާއިރާގެ ފަންނީ ލަފާދިނުން.  | 
|
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 - މުސާރައާއި، ސަރވިސް އެލަވަންސްގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 - ރިސްކު އެލަވަންސްގެގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނެ ކަންކަން:  | 
 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. 4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މި އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ މަޢުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)  | 
|
| 
 ސުންގަޑި:  | 
 2016 ނޮވެންބަރު 21 ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ. ދޮންވެލި އިމާރާތް، އަމީނީމަގު) އަށް ފޮނުވުން އެދެމެވެ.  | 
|
| 
 އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:  | 
 އިންޓަވިއުކުރުން، 2016 ވަނައަހަރުގެ ޑިސެންބަރުމަހު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި އޮންނާނެއެވެ. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
|
| 
 އިތުރު މަޢުލޫމާތު:  | 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އެޖެންސީގެ 1402 ނަންބަރު ފޯނާ ގުޅުން އެދެމެވެ.2  | 
|
| 
 2 ޞަފަރު 1438  | 
||