ދިވެހިރާއްޖެ
އިޢުލާން
ކުޅޭ ބިމުގައި ފެންސް ޖެހުމާގުޅޭ
މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ސްކޫލުގެ ކުޅޭބިމުގައި ދަގަނޑު ފެންސް ޖަހަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
ތާރީޚާއި ގަޑި: 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
ތާރީޚާއި ގަޑި: 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.
29 މުޙައްރަމް 1438