ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)218-CS/1/2016/10
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:37
ސުންގަޑި: 15 ނޮވެންބަރު 2016 13:30
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ / މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކޮލިޓީ އެޝުއަރަންސް ސަރވިސް ސެކްޝަން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ/ މާލެ                       

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އޮފީހުގެ ރިސެޕްޝަނަށް އަންނަ އެންމެހައި ފޯނުކޯލުތަކަށް ޖަވާބުދިނުން.

2. ދުވަހުން ދުވަހަށް އޮފީހުގެ އީމެއިލް ބަލައި، އީމެއިލްތަކަށް ޖަވާބުދީި، އެކަމަކާ ގުޅޭ މުވައްޒަފަކަށް އީމެއިލްތައް ފޯރުކޮށްދިނުން.

3. އޮފީހުގެ ވެބްސައިޓާ ގުޅޭ މަޢުލޫމާތު ހޯދަން ބޭނުންވާ އެންމެހައި ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.

4. ކޯސް އެޕްރޫވްކުރުމާއި، ކޯސް އެޕްރޫވްކުރުމާ ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމާއި، އެ މަޢުލޫމާތައް އެދޭފަރާތްތަކަށް އެ މަޢުލޫމާތު ދިނުން.

5. އިންޓަރނަލް ކޮލިޓީ އެޝޫރަންސް، އިންޓަރނަލް އަދި އެކްސްޓަރނަލް ސުޕަވިޜަނާއި އިންސްޓިޓިއުޓްތައް އޮޑިޓްކުރުމާ ގުޅޭގޮތުން މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް އެ މަޢުލޫމާތު ދިނުން.

6. އެންޓްރީ ރިކްއަމަންޓާ ގުޅޭގޮތުން މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.

7. ސެޓުފިކެޓު ވެލިޑޭޝަން، ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓާއި، އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަނާބެހޭ މަޢުލޫމާތު، އެކަމަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

8. އޮފީހުންދޭ އެކިއެކި ޚިދުމަތްތަކާބެހޭ ފޯމުތައް، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފޯރުކޮށްދިނުމާބެހޭ އެންމެހައި މަސައްކަތް ކުރުން.

9. ކޮންމެ ދުވަހަކު އީ-ގަވަރމަންޓް ބަލައި، އީގަވް މެދުވެރިކޮށް އަންނަ އެންމެހައި ލިޔެކިޔުންތައް، އޮފީހަށް އަންނަ ލިޔެކިޔުންތައް ބަލައިގަނެ، އެންޓްރީކުރާ މުވައްޒަފާ ހަވާލުކުރުން.

10. ސެކްޝަނުން އަންގާ ގޮތެއްގެ މަތިން އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

11. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީންދޭ  އެންމެހައި ޚިދުމަތްތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދީ، އެ ޚިދުމަތްތައް ލިބިގަތުމަށްޓަކައި އެފަރާތްތަކަށް އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠު:                                              

1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮއްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.                           

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 16 ނޮވެންބަރު 2016 ގައި ނުވަތަ 17 ނޮވެންބަރު 2016 ގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.mqa.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބަލައި ލެވެލްކޮށްފައިވާ (ވެލިޑޭޓްކޮށްފައިވާ) ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ވެލިޑޭޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް ވެލިޑޭޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ހުށަހަޅަންޖެހޭ ރާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 15 ވަނަ ދުވަހުގެ 13:30 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3341240 ނަންބަރު ފޯނަށް، ނުވަތަ 3344077 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

2 ޞަފަރު 1438

02 ނޮވެންބަރު 2016