ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގެ މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ.
1- ސީލިންގ ބަދަލުކުރުން އެލްކޭޖީ ކްލާސްރޫމް / ޔޫކޭޖީ ކްލާސްރޫމް / ގްރޭޑް 3
2- ސީލިންގ މަރާމާތުކުރުން (ގްރޭޑް 10 ގެ ކްލާސްރޫމް)
3- ކުޑަދޮރުތަކުގެ ވައިތަންޑު ބަދަލުކުރުން
4- އިމާރާތުގެ ދިޔަދޮވި ބަދަލުކުރުން
5- ދަރިވަރުންގެ ޑެސްކު މަރާމާތުކުރުން
6- ސްޓޮކް އަލަމާރި މަރާމާތުކުރުން
7- ކަބަޑު މަރާމާތުކުރުން (ސްޓާފްރޫމް)
8- ދޮރުފަތް ބަދަލުކުރުން (ތަޅާއެކު)
9- ގޭޓު މަރާމާތު ކުރުން
10- ކަބަޑުގެ ތަޅު މަރާމާތުކުރުން (ސައިންސްލެބް)
11- ކަބަޑު މަރާމާތުކުރުން (ޕްރިންޓިންގރޫމް)
12- ޓީޗަރުންގެ މޭޒު ގަތުން (ކްލާސްރޫމްތަކަށް)
13- ނަލަފިލާ މަރާމާތުކުރުމާއި ހަރުކުރުން
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 10:00 އަށް މިމަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެގޮތް
- އަގަށް: % 80
- މުއްދަތަށް: % 10
- ތަޖުރިބާ: % 10
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ބަންދޫ ނޫން ދުވަސް ދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 7733939 އަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.