ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގެ މި ދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
1- ދަރިވަރުންގެ ފާޚާނާތަކުގެ ޖަންކްޝަން ސާފުކުރުން
2- ސްޓާފް ފާޚާނާގެ ތަށި ބަދަލުކުރުމާއި މަރާމާތުކުރުން އަދި ޖަންކްޝަން ސާފުކުރުން
3- އޮފީސް ފާޚާނާއަށް ބޭނުންކުރުމަށް 1 ވަޅު ހެދުން
4- ދަރިވަރުންގެ ބައެއް ފާޚާނާތަކުގެ ފުލެޝްޓޭންކުތައް މަރާމާތުކުރުން
5- މުވައްޒަފުންގެ ފާޚާނާ މަރާމާތުކުރުން
6- ބަގީޗާގެ ފާރުތައް މަރާމާތުކުރުން / ވަށާފާރު މަރާމާތުކުރުން
7- އިސްކުރުތައް ބަދަލުކުރުން (ބަގީޗާއަށް ފެންޖަހަން ބޭނުންކުރާ)
8- ކްލާސްރޫމްތަކުގެ ބައެއް މުށިތަށް ބަދަލުކުރުން
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 10:00 އަށް މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެގޮތް
- އަގަށް: % 80
- މުއްދަތަށް: % 10
- ތަޖުރިބާ: % 10
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ބަންދޫ ނޫން ދުވަސް ދުވަހުގެ ހެނދުނު 8:00 އިން 14.00 އަށް 7733939 އަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ނޯޓް: މައުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މައުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.