މަސައްކަތް
ނަންބަރު: GS-202/IUL/2016/44
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 09 ނޮވެންބަރު 2016 11:00
ގެމަނަފުށީ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް

އިޢުލާން

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. ހޯލްއިމާރާތުގެ ކުޑަދޮރުތަކުގެ ތަންޑާއި ހުޅު ބަދަލުކުރުން
  2. ސްކޫލުގެ ދެކުނުފަރާތުގައި ހުރި ދެ ގުދަން މަރާމާތުކުރުން

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް ގެމަނަފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7983077 ނަންބަރަށެވެ.

1- މަސައްކަތުގެ އަގަށް                       65 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                  25 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް    5 ޕޮއިންޓް

4- މި ފަދަ މަސައްކަތުގެ ތަޖުރިބާ                 5 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

31 އޮކްޓޫބަރު 2016