ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2016/94
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 10 ނޮވެންބަރު 2016 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޓްރެއިނިންގ ކޯޑިނޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޓްރެއިނިންގ ކޯޑިނޭޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3500 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2،203/25 ރުފިޔާ (އަސާސީ މުސާރައިގެ % 35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:  

 

ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް، ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކުގައި މާލެއާއި އަތޮޅުތަކުގައި ކިޔަވައިދިނުން.

2. މާލެއާއި އަތޮޅުތަކުގައި ހިންގާ ތަމްރީން ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން/ ވިލަރެސްކުރުން.

3. އީ-ލާރނިންގ ކޯސްތައް ފަރުމާކޮށް ކިޔަވައިދިނުން.  

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ފަރުމާކޮށް، އެ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުން.

5. ސިވިލް ސަރވިސްގެ މުވައްޒަފުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އުސޫލުތަކަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.

6. ހަވާލުކުރެވޭ ޑިޕާޓްމަންޓް/ ދާއިރާއެއްގެ ދިރާސާކޮށް، އެއަށް ބޭނުންވާ މޮޑިއުލްތައް ދެނެގަނެ، ތައްޔާރުކޮށް، ޓްރެއިނިންގ ހިންގާ މޮޑިއުލްތައް އިވެލުއޭޓްކޮށް، އިތުރަށް ތަރައްޤީކުރުން.

7. ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8. ތަމްރީން ޕްރޮގްރާމްތައް ހިންގާނެގޮތުގެ އެކްޝަން ޕްލޭން އެކުލަވައިލުމާއި، މަސައްކަތް ކުރިޔަށްދާގޮތުގެ ރިޕޯޓް ތައްޔާރުކުރުން.

9. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ބޭނުންވާ ތަފާތު ދިރާސާތައް ހެދުމާއި،  ބޭރު ޤައުމުތަކާ އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

10. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ތަމްރީން ހާސިލުކުރަމުންދާ ފަރާތްތަކުގެ އިޖުތިމާއީ ގުޅުން ކުރިއެރުވުމަށް ފަންނީ/ކުޅިވަރު ހަރަކާތްތައް ރާވައި ހިންގުން. .

11. ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

12. ކޮމިޝަނާއި، ޓްރެއިނިންގ އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016  ނޮވެންބަރު  10  ވާ  ބުރާސްފަތި  ދުވަހުގެ  14:30  ގެ ކުރިން،  ސިވިލް  ސަރވިސް  ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ  ފޯމު،  ކޮމިޝަނުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  ކޮމިޝަނުގެ  www.csc.gov.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) 

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ދެވޭ ޕްރެކްޓިކަލްސް (ކަނޑައެޅިފައިވާ އިންސައްތަ: % 10)

- އިންޓަވިއުއާއި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %44)

- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ދެވޭ ޕްރެކްޓިކަލްސްއަކީ ހަވާލުކުރެވޭ ސުރުޚީއަކަށް 30 މިނެޓުގެ ފިލާވަޅެއް ތައްޔާރުކޮށް، އޭގެ ތެރެއިން 5 މިނެޓުގެ ކޮންޓެންޓް ހުށަހެޅުމެވެ. އެގޮތުން ކިޔަވައިދިނުމުގެ ހުނަރަށާއި ސެޝަން ރާވާފައިވާގޮތް ވަޒަންކުރެވޭނެއެވެ.   

ޕްރެކްޓިކަލްސް، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  ޕްރެކްޓިކަލްސްއާއި،  އިންޓަވިއުއާއި،  ޕްރެޒެންޓޭޝަން،  13  ނޮވެންބަރު 2016  އާއި  24  ނޮވެންބަރު  2016  އާ  ދެމެދު،  މާލޭގައި  ބޭއްވުމަށް  ވަނީ  ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307302 ނަންބަރު ފޯނަށް، ނުވަތަ 3307303 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3303648 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

- އިތުރު މަޢުލޫމާތު، މި ކޮމިޝަނުގެ http://www.csc.gov.mv ގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016