ދިވެހިރާއްޖެ
މި ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ސްކޫލުގެ ގޯތި ވަށައި މަގުފާރުގެ އެތެރެއާއި ބޭރުގައި ކުލަލުން.
- އެއް ކްލާސްރޫމުގައި ތަޅުން އަޅައި މުށިޖެހުން.
- ޕްރައިމަރީ އެއް ފާޚާނާގެ ތަށިސެޓް ބަދަލުކުރުން.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 3 މަސައްކަތަށް ހުށަހަޅުއްވާނީ 3 ސިޓީއުރައިގައި ވަކިން ބަންދުކޮށް، ވަކި 3 އަންދާސީހިސާބެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 12:10 ގައި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގެންނެވި ފަރާތްތަކުގެ ހާޒިރުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.
2 ޞަފަރު 1438