1 - ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުންދޭ ޚިދުމަތް، ސިވިލް ސަރވިސްގެ ރީފޯމް މެނުއަލްގައިވާ މިންގަޑަށް ދިނުމުގެ އިންތިޒާމްކޮށް، އެ ޚިދުމަތް ދެވޭމިންގަޑުތައް މޮނިޓަރކޮށް ޚިދުމަތްދެމުން ގެންދިއުން.
2- ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ތަންތަނުގެ ޢިމާރާތްތައް ބެލެހެއްޓުމާއި، ބަޖެޓް ލިބޭ މިންވަރަކުން އެތަންތަނުގެ މަރާމާތުތައް ކުރެވޭނެ އިންތިޒާމްތައް ރާވައި ހިންގައި ބެލެހެއްޓުން.
3- ނޭޝަނަލް ޑްރަގް އޭޖެންސީއާއި، މި އެޖެންސީގެދަށުން ހިނގަމުންދާ ތަންތަނުގެ ބިންބިމާއި، ލޭންޑް ސްކޭޕިންއާއި، އިމާރާތްތަކާއި، ވެހިކަލްތަކާއި، ރަޖިސްޓްރީތަކާއި، ހަރުމުދަލުގެ އިންވެންޓްރީ، މާލިއްޔަތުގެ ގަވާއިދާއެއްގޮތަށް ބެލެހެއްޓޭނެ އިންތިޒާމް ރާވައި، ހިންގައި، އެ މަސައްކަތް މޮނިޓަރކުރަމުން ގެންދިއުމާއި، މިކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތް ކުރުވައި ބެލެހެއްޓުން.
4- ނޭޝަނަލް ޑްރަގް އޭޖެންސީއާއި، މި އެޖެންސީގެދަށުން ހިނގަމުންދާ ތަންތަނަށް ގަނެވޭ ތަކެތީގެ ސްޓޮކް، މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ބެލެހެއްޓޭނެ އިންތިޒާމް ރާވައި ހިންގައި، އެ މަސައްކަތް މޮނިޓަރކުރަމުން ގެންދިއުން.
5- ނޭޝަނަލް ޑްރަގް އޭޖެންސީން ސެންޓަރުތަކަށް ފޮނުވަންޖެހޭ ތަކެތި ގަވާއިދުން ފޮނުވޭނެގޮތް ހަމަޖައްސައި، އެކަން ހިންގައި ބެލެހެއްޓުން.
6- ނޭޝަނަލް ޑްރަގް އޭޖެންސީއާއި، މި އެޖެންސީގެދަށުން ހިނގަމުންދާ ތަންތަނުން އައުޓްސޯސްކޮށްގެން ހޯދަމުންދާ ޚިދުމަތްތަކާއި، ކޮންޓްރެކްޓް އުސޫލުން ކުރެވޭ މަސައްކަތްތައް ހިންގޭނެ އިންތިޒާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، އެ މަސައްކަތްތައް ހިގަމުންދާއިރު ދިމާވާ މައްސަލަތައް ޙައްލުކޮށް، ފިޔަވަޅުއަޅަންޖެހޭ ކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅުއެޅުން.
7. ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ޖަލްސާއާއި، ވޯރކްޝޮޕާއި، ސެމިނާރުތަކަށް ކޭޓަރިންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ރާވައި ހިންގުން.
8. އެން.ޑީ.އޭގެ ދުވަހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓޭނެ އިންތިޒާމް ރޭވުމާއި، އަހަރީ ރިޕޯޓް ނިންމަންޖެހޭ ދުވަހަށް ނިންމައި، ރިޕޯޓް ފޮނުވުމުގެ މަސައްކަތްކުރުވުން.
9- ނޭޝަނަލް ޑްރަގް އޭޖެންސީއާއި، މި އެޖެންސީގެދަށުން ހިނގަމުންދާ ތަންތަނަށް ބޭނުންވާ ޔުޓިލިޓީގެ ޚިދުމަތްތައް މެދުނުކެނޑި ރައްކާތެރިކަމާއެކު ލިބޭނެގޮތް އިންތިޒާމް ހަމަޖައްސައި، އެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުވުން.
10- ނޭޝަނަލް ޑްރަގް އޭޖެންސީން ކުރާ ކަނޑުދަތުރުތަކާއި، އެއްގަމު ދަތުރުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރެވޭނެ އިންތިޒާމްތައް ރާވައި، ހިންގައި، އެ މަސައްކަތް ވިލަރެސްކުރުން.
11- ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް، މަސައްކަތްތައް ސުޕަވައިޒުކުރުމުގެ މަސައްކަތްތަކާއި، ޕާފޯމަންސް އެޕްރައިޒަލް ހެދުމުގެ މަސައްކަތްކުރުން.
12– ނޭޝަނަލް ޑްރަގް އޭޖެންސީގެ އިންފޮމޭޝަން ޓެކްނޮލްޖީ ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގޭނެ އިންތިޒާމްތައް ރާވައި، އެ ސެކްޝަނުގެ މަސައްކަތްތައް ވިލަރެސްކުރަމުން ގެންދިއުން.
13- އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެންޓަރުތަކުގައި ނީލަން ކިޔަން ހުންނަ ހަރުމުދަލާއި އެހެނިހެން ތަކެތި ނީލަން ކިއުމުގެ އެންމެހައި މަސައްކަތްތައްކޮށް، ނީލަން ކިޔައިގެން ލިބޭ ފައިސާ، ސަރުކާރުގެ މާލީ އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތްކުރުން.
14 - އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ތަރައްޤީކޮށް، އެ ޚިދުމަތް މެދުނުކެނޑި ދެވޭނެގޮތަކަށް އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
15- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާ ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް، ހަވާލުކުރެވޭ މުއްދަތެއްގައި، ހަމަޖެހިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކުރުން.
16- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހައި ކަންތައްތަކަށް ޢަމަލުކުރުން.
|