މަސައްކަތް
ނަންބަރު: (IUL)GS-90-B/PRIV/2016/1022
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 14 ނޮވެންބަރު 2016 11:30
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 9 އޮކްޓޫބަރު 2016 ގައި ކުރެވުނު ނަންބަރު (IUL)GS-90-B/PRIV/2016/1018 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  1. ކްލާސްރޫމް ބްލޮކްތަކަށް ބޯފެން ފޯރުކޮށްދިނުން.
  2. ސައިންސްގެ އެކްސްޕެރިމެންޓްތައް ހަދަން ބޭނުންކުރާ ކްލާސްރޫމުގައި ސިންކެއް ބަހައްޓައި ފެންވައިރުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ ލައިބުރަރީގައެވެ.

     މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:30

2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 11:30

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.    

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

02 ނޮވެންބަރު 2016