ދިވެހިރާއްޖެ
އިޢުލާން
ށ. ކަނޑިތީމު ރައްޔިތުންގެ ކޭބަލްޓީވީ ހިންގައިދޭނެ ފަރާތެއް ހޯދުމާބެހޭ
ށ. ކަނޑިތީމު ރައްޔިތުންގެ ކޭބަލްޓީވީގެ ޚިދުމަތް ރީބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ކަނޑިތީމު ރައްޔިތުންނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ނެންގެވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ގަޑި |
ތާރީޚު |
ޓާރމްސް އޮފް ރިފަރެންސް ދޫކުރުން (ށ. ކަނޑިތީމު ކައުންސިލް އިދާރާގެ ކައުންޓަރުން އަދި މެއިލުން) |
ހެނދުނު 9:00 އިން މެންދުރު 12:00 އަށް. |
31 އޮކްޓޫބަރު 2016 އިން 14 ނޮވެންބަރު 2016 އަށް. |
އަންދާސީހިސާބު ހުށަހެޅުއްވުން (ށ. ކަނޑިތީމު ކައުންސިލް އިދާރާ) |
ހެނދުނު 11:00 |
16 ނޮވެންބަރު 2016 |
މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6540041 ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް އެޑްރެހަށް: [email protected] ، [email protected] އީމެއިލް ކުރެއްވުމުންވެސް ލިބިލައްވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
1 ޞަފަރު 1438