ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2016/95
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 10 ނޮވެންބަރު 2016 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

ސެކްޝަން:

ސިސްޓަމްސް މެނޭޖްމަންޓް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2،203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރެވޭ އީމެއިލް ސިސްޓަމް މެނޭޖްކުރުން.

2. ކޮމިޝަނުގެ އިދާރާގެ ނެޓްވޯކަށް އެޑްމިނިސްޓަރކުރުން ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.

3. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ޙައްލުކުރުން.

4. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ސާވަރތައް ކޮންފިގަރކޮށް މެއިންޓަނަންސް މަސައްކަތްކުރުމާއި، އަޕްޑޭޓްކުރުމާއި، ދިމާވާ މައްސަލަތައް ބަލައި މައްސަލަ ޙައްލުކުރުން.

5. ކޮމިޝަނުގެ އިދާރާގެ ތެރޭގައި ބޭނުންކުރެވޭ އައި.ޓީ އާ ގުޅުންހުރި އެހެނިހެން ހާޑްވެއަރ އިންސްޓޯލްކުރުމާއި، ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ބަލައި މައްސަލަ ޙައްލުކުރުން.

6. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ޕްރޮގްރާމްތައް މެނޭޖްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން.

7. ކޮމިޝަނުގެ ފޯނުތަކާއި އެކްސްޓެންޝަންތަކަށް ދިމަވާ މައްސަލަތައް ޙައްލުކުރުން.

8. އައު ކޮމްޕިއުޓަރ ސިސްޓަމްތަކަށް ސޮފްޓްވެއަރ އެޅުމާއި ނެޓްވާރކާ ގުޅައިލުން.

9. ކޮމިޝަނުގެ އިދާރާގެ އިންޓަނެޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

10. ކޮމިޝަނުގެ އިދާރާގައި ބޭނުންކުރާ ސޮފްޓްވެއަރތައް ޑީސެންޓްރަލައިޒްކުރުމުގެ މަސައްކަތް ކުރުން.

11. ކޮމިޝަނުގެ އިދާރާގެ ވެބްސައިޓާއި، އެންޓިވައިރަހާއި، އިންޓްރާނެޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

12. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ލެބްގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ނެޓްވަރކަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން.

13. ހަވާލުވެފައިވާ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

14. ސިސްޓަމްސް މެނޭޖްމަންޓް ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

15. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016  ނޮވެންބަރު  10  ވާ  ބުރާސްފަތި  ދުވަހުގެ  14:30  ގެ  ކުރިން،  ސިވިލް  ސަރވިސް  ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިންބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ދެވޭ ޕްރެކްޓިކަލްސް (ކަނޑައެޅިފައިވާ އިން ސައްތަ: % 20)

- އިންޓަވިއުއާއި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %34)

ނޯޓު: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ދެވޭ ޕްރެކްޓިކަލްސްއާ ގުޅޭ މަޢުލޫމާތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ޕްރެކްޓިކަލްސްއާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ޕްރެކްޓިކަލްސްއާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން، 13 ނޮވެންބަރު 2016 އާއި 24 ނޮވެންބަރު 2016 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307302 ނަންބަރު ފޯނަށް، ނުވަތަ 3307303 ނަންބަރު ފޯނަށެވެ. ފެކްސް  ނަންބަރަކީ،  3303648  އެވެ. އީމެއިލް  އެޑްރެހަކީ،  [email protected]  އެވެ. އިތުރު މަޢުލޫމާތު، މި ކޮމިޝަނުގެ http://www.csc.gov.mv ގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016