މަސައްކަތް
ނަންބަރު: GS103/IUL/2016/27
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 13 ނޮވެންބަރު 2016 11:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންގެ ކުޅޭ ސަރަޙައްދު ހިޔާކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރީސްކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު ހިޔާކުރުން:

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ޕްރިސްކޫލް ދަރިވަރުން ކުޅޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ހިޔާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

2 ޞަފަރު 1438

02 ނޮވެންބަރު 2016