ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/344
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 15 ނޮވެންބަރު 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރ

މަޤާމް :ކެމްޕަސް މެނޭޖަރ
ބޭނުންވާ އަދަދު :2

އިޢުލާން

ކެމްޕަސް މެނޭޖަރުން ބޭނުންވެއްޖެ:

ބޭނުންވާ އަދަދު: 2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން: ހދ. ކުޅުދުއްފުށި ކެމްޕަސް/ ގދ. ތިނަދޫ ކެމްޕަސް

މަސައްކަތުގެ ބާވަތް: މެނޭޖްމަންޓް

މަހު އުޖޫރަ: -/18،125 ރުފިޔާ

ދާއިމީ ވަޒީފާއެއް ނޫނީތީ ދޭ ޓެނުއަރޝިޕް އެލަވަންސް: މަހަކު -/5،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ޓެނުއަރޝިޕް ތެރޭގައި ހިމަނާފައި

ފޯނު އެލަވަންސް: މަހަކު -/500 ރުފިޔާ

ވަޒީފާގެ މުއްދަތު: ޢައްޔަނުކުރާ ދުވަހުން ފެށިގެން 5 އަހަރުދުވަސް

ކުރިމަތިލާ ފަރާތުގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާ: ބެޗްލަރ ޑިގްރީއަކަށްފަހު، މަދުވެގެން 4 އަހަރުދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

އިތުރު މަޢުލޫމާތު: http://mnu.edu.mv/index.php/current-staff/14-staff/current-staff/299

ސިޓީ ފޮނުވަންވީ ތާރީޚު:

2016 ނޮވެންބަރު 15 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ކުޅުދުއްފުށި ކެމްޕަސް، ހދ. ކުޅުދުއްފުށި /  ގދ. ތިނަދޫ ކެމްޕަސް އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޔުނިވަރސިޓީގެ ވެބްސައިޓުގެ ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: 

- މި މަޤާމަށް އެދި ކުރިން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުން އަލުން މި މަޤާމަށް އެދި އެޕްލިކޭޝަން ފޮނުވާކަށެއް ނުޖެހޭނެއެވެ.

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުއްވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344093 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 

 1 ޞަފަރު 1438

01 ނޮވެންބަރު 2016