މަސައްކަތް
ނަންބަރު: (IUL)120/1/2016/76
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 10 ނޮވެންބަރު 2016 10:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކާރުދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުން ހިންގާ އިމްތިޙާނުތަކާ ގުޅިގެން ކުރަންޖެހޭ ކާރާއި ޕިކަޕް ދަތުރުތައް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)120/1/2016/46 އިޢުލާނަށް ތިން ފަރާތުން ބީލަން ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް އަންނަ ފަރާތްތަކަށް އެކަންޏެވެ.

1 ޞަފަރު 1438

01 ނޮވެންބަރު 2016