މަސައްކަތް
ނަންބަރު: 142-A1/1/2016/159
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 06 ނޮވެންބަރު 2016 00:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމިކް ސްޓޫޑިއޯ އިމާރާތްކުރުން

އިޢުލާން

އިސްލާމިކް ސްޓޫޑިއޯ ޢިމާރާތް ކުރުން

އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ދަގަނޑުހޮޅި ޖަހައި، ޑެގު އަޅައިގެން ދެބުރި ޢިމާރާތެއްގެ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)142-A1/1/2016/140 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ދެ ފަރާތުން ކަމަށް ވުމާއެކު، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރައްވަން އެދިލައްވާ ފަރާތްތަކުން -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓަރީ ފީއެއް މި މިނިސްޓްރީއަށް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 6 ނޮވެންބަރު 2016 އިން 8 ނޮވެންބަރު 2016 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 ން 12:00 އަށް މި މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުންނެވެ. އަދި ދަންނަވަމެވެ، ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ ކުރިން ދައްކާފައިވާ ފަރާތްތައް އަލުން ފައިސާ ދައްކަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށްވާތީ، ފައިސާ ދައްކަވަން ވަޑައިގަންނަވާއިރު ރަޖިސްޓަރީގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

ޓެންޑަރ ޑޮކިއުމަންޓްސް ދޫކުރުމާއި، ޕްރީބިޑްމީޓިންގ އަދި ބިޑް ހުށަހެޅުމުގެ ތާރީޚު:

ގަޑި

ތާރީޚު

ތަން

ހަރަކާތް

8:30 އިން

11:30 އަށް

10 ނޮވެންބަރު 2016

މިނިސްޓްރީގެ ރިސެޕްޝަން ކައުންޓަރުން

ޓެންޑަރ ޑޮކިއުމެންޓް ދޫކުރުން

11:30

15 ނޮވެންބަރު 2016 

މިނިސްޓްރީގެ މީޓިންގރޫމް - 1

ޕްރީބިޑް މީޓިންގ

11:30

20 ނޮވެންބަރު 2016 

މިނިސްޓްރީގެ މީޓިންގރޫމް - 1

ބިޑް ހުށަހެޅުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ :-

މުޙައްމަދު ނިޝާމް (އެންޑޯމަންޓް ސެކްޝަން)

3020249

01 ނޮވެންބަރު 2016