ދިވެހިރާއްޖެ
މަރާމާތުކުރުމުގެ މަސައްކަތަށް އަންދާސީހިސާބު ހޯދުން
މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ޚަރަދުގައި މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: GS-119/2016/27 އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކުރި (ޝަރުޠު ހަމަވާ) ފަރާތްތައް މަދުކަމުން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
- ދަރިވަރުންގެ ފާޚާނާގެ ސީ ޖަންކުޝަން ބަދަލުކުރުން
ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ، (ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ލަންދޫ ސްކޫލް އޮފީސް |
10 ނޮވެންބަރު 2016 |
ބުރާސްފަތި |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
ލަންދޫ ސްކޫލް އޮފީސް |
15 ނޮވެންބަރު 2016 |
އަންގާރަ |
13:00 |
- އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
# |
ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމްލަ: (ސަތޭކަ) |
100 |
ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތަކުން، އެ ފަރާތެއްގެ ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ، އެ ކުންފުންޏެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް އެބޭފުޅަކާއެކު ފޮނުއްވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
1 ޞަފަރު 1438