މަސައްކަތް
ނަންބަރު: (IUL)434-PRC/1/2016/80
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 17:40
ސުންގަޑި: 16 ނޮވެންބަރު 2016 00:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކޮމިއުނިޓީ ސަރވިސް ސެންޓަރު އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުން އަދި ބިލް އޮފް ކުއަންޓިޓީސް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި އެޖެންސީގެ ދަށުން ހިންގަމުންދާ ކޮމިއުނިޓީ ސަރވިސް ސެންޓަރު އިމާރާތްކުރުމަށް ބޭނުންވާ ކުރެހުން އަދި ބިލް އޮފް ކުއަންޓީޓީސް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/76 (18 އޮކްޓޫބަރު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ތިން ފަރާތުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީ (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

10 ނޮވެންބަރު 2016

ބުރާސްފަތި

11:00 (މެންދުރުކުރި)

އަންދާސީހިސާބު ހުށަހެޅުއްވުން

15 ނޮވެންބަރު 2016

އަންގާރަ

11:00 (މެންދުރުކުރި)

30 މުޙައްރަމް 1438 

31 އޮކްޓޫބަރު 2016