ދިވެހިރާއްޖެ
މަޤާމް :ލޯޔަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މަޤާމް: ލޯޔަރ ބޭނުންވާ އަދަދު: 1 (އެކެއް) ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް) މަސައްކަތް ކުރަންޖެހޭ ތަން: ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް / އެސްޓީއޯ ހެޑް އޮފީސް ޢިނާޔަތްތައް: - މުސާރައިގެ ގޮތުގައި -/17000 ރުފިޔާއާއި -/21000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. - ޕްރޮބޭޝަނަށްފަހު، މެޑިކަލް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: - ކުންފުންޏަށް ބޭނުންވާ އެންމެހައި ކަންކަމުގައި ޤާނޫނީ ލަފާދިނުން. - އެގްރީމަންޓް ތައްޔާރުކުރުމާއި، އެއަށް ބޭނުންވާ ލަފާދިނުން. - ޝަރުޢީ ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުުމާއި، ތަޙުޤީޤީ އިދާރާތަކުގައި ކުންފުނި ތަމްސީލުކުރުން. ތަޢުލީމާއި ތަޖުރިބާ: - ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. - ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އޮންނަ ފަރާތެއްކަމުގައިވުން. ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. - އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ. ނޯޓު: - ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަަޅަންވާނެއެވެ. - މި މަޤާމަށް މުވައްޒަފެއް ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ. - މުސާރަ ހަމަޖައްސާނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ. - ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. - އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. - މި މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން، ސިވިލް ސަރވިސް/ސަރުކާރަށް ޚިދުމަތްކުރުމަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. - ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑު އޮފީސް ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345 ފޯން: 3344261 ވެބްސައިޓު: www.sto.mv 30 މުޙައްރަމް 1438 |